ޚަބަރު
އޮމަދޫ ކައުންސިލްގެ އައު ޢިމާރާތުގެ ބިންގައު އަޅައިފި

އޮމަދޫ ކައުންސިލްގެ އައު ޢިމާރާތުގެ ބިންގައު އެޅުން.

ފަރުދުން
07 އޮކްޓޯބަރު 2025، 05:07
07 އޮކްޓޯބަރު 2025، 05:07
އދ. އޮމަދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގައު އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، ވކެބިނެޓުގެ ވަޒީރުންނާއި، ދާއިރާގެ މެންބަރު އަދި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގައު އަޅުއްވައިދެއްވައި، ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން ފެއްޓެވި މަސައްކަތެކެވެ.
ސަރުކާރުން ވަނީ މިހައިތަނަށް 105 ރަށެއްގެ ކައުންސިލް އިދާރާތަކުގެ އައު ޢިމާރާތް އެޅުމަށް ނިންމާފައެވެ. އަދި މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި ޢިމާރާތާ އެކު، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް، އަދި ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކަށޭނަ ޖާގަ ތަނަވަސްވެގެން ދާނެއެވެ.
އޮމަދޫ ކައުންސިލް ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފަވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ.)އާއެވެ.