Ads by Stelco

ޚަބަރު

ތިމަރަފުށީ 100 ހައުސިންގ ޔުނިޓް: އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުޞަތު އަންނަ ހަފްތާގައި!

ތިމަރަފުށީ 100 ހައުސިންގ ޔުނިޓް: އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުޞަތު އަންނަ ހަފްތާގައި!

ތިމަރަފުށީ 100 ހައުސިންގ ޔުނިޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޮކްޓޯބަރު 2025، 01:56

08 އޮކްޓޯބަރު 2025، 01:56

ކޮޅުމަޑުލު ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ހައްޤުވެރިންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. މިއީ މި ހައުސިންގ ޔުނިޓުތަކުގެ ހައްޤުވެރިކަން ހޯދުމަށް ލިބޭ ފަހު ފުރުޞަތު ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ތިމަރަފުށީގައި ކުރިން ގެންގޮސްފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިނުވާކަމަށެވެ. މިހެންވެ، ސޮއިކޮށްފައިނުވާ ފަރާތްތަކަށް އަލުން ފުރުޞަތު ދިނުމަށް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް ކަމަށާއި، މިހާރު ކަނޑައަޅާފައިވާ ތާރީޚުތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެ ވުޒާރާއިން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެ ކަމަށް ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ތިމަރަފުށީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ރޯ ހައުސް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާފައިވަނީ 2023 ވަނަ އަހަރުގައެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ. 2500 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުށީގައި ސަރުކާރުން ކުރިއަށްގެންދިޔަ މި ހައުސިންގ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ޔުނިޓްތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އެއީ 1400 އަކަފޫޓުގެ ބިމުގައި ތަރައްޤީކުރާ 1000 އަކަފޫޓުގެ ގެތަކެކެވެ. ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއެކު 3 ފާހަނައާއި ސިޓިންގްރޫމަކާއި ލޯންޑްރީ އޭރިއާއެއް ހިމެނެއެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުން 79 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ރައްޔިތުންނަށް ދިރިއުޅުމުގެ ފަހި މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން