Ads by Stelco

ޚަބަރު / ވިޔަފާރި

ދިވެހިންނަށް ޚާއްސަކޮށް ވިޔަފާރި ކުރެވޭނެ އިތުރު ދާއިރާތައް ކަނޑައަޅައި ހާމަކޮށްފި

ދިވެހިންނަށް ޚާއްސަކޮށް ވިޔަފާރި ކުރެވޭނެ އިތުރު ދާއިރާތައް ކަނޑައަޅައި ހާމަކޮށްފި

ރާއްޖެއަށް މުދާ އުފުލާ ބޯޓެއް---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޮކްޓޯބަރު 2025، 09:22

08 އޮކްޓޯބަރު 2025، 09:22

އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން "ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސް" ޝާއިޢުކޮށް، ދިވެހި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ޝާއިޢުކޮށްފައިވާ މި އައު ޝަރުތުތައް ކަނޑައެޅިފައިވަނީ ސަރުކާރުގެ ވުޒާރާތަކާއި، އެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އިންވެސްޓަރުންނާ މަޝްވަރާކުރެވިގެންނެވެ.

އިޤްތިޞާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، ދިވެހިންނަށް ޚާއްސަކޮށްފައިވާ އައު ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގ ޚިދުމަތް، 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ.

މި އައު ގަވާއިދުގެ ދަށުން، މިހާރު މި ދާއިރާތަކުގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަކަށް އެ ދާއިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވުމަށް ވަކި މުއްދަތެއް ދެވޭނެއެވެ. އަދި ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާ އެކު ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރިކުރުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ.

އިޤްތިޞާދީ ވުޒާރާއިން ބުނާ ގޮތުގައި، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރު ޙާޞިލުކުރުމަށްޓަކައި، ދިވެހިންގެ ތަޖުރިބާ މަދު ދާއިރާތަކުން ބޭރުގެ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް މި އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ ތެރެއިން ލިބިގެންދާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން