ކޮލަމް

އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރެވިދާނެތަ؟

އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރެވިދާނެތަ؟

ކްލިޕްއާޓް- ގޫގުލް ފޮޓޯ

farudhun logo

ފަރުދުން

29 އޯގަސްޓު 2024، 07:51

29 އޯގަސްޓު 2024، 07:51

މި ޒަމާނަކީ އަންހެނުންގެ ޙައްޤު ތަކާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމަށް ވަކާލާތުކުރާ ގިނަބަޔަކު އުޅޭ ޒަމާނެކެވެ. މިފަދަ ކަންކަމާ ވަކާލާތުކޮށް ޖަދަލުކުރަމުން ދާއިރު އަހަރެމެން މުސްލިމުންނަށްވެތިބެ ދީނީ ގޮތުން މިފަދަ ކަންކަމުގައި އޮންނަގޮތް އެނގުން މުހިންމެވެ. މިލިއުމަކީ އެއްވެސް ޙާލެއްގައި ދީނީ ދަރުހެއް ނޫނެވެ. ހެވާއި ނުބައި ވިސްނޭ އަދި ދީނީ ކަންކަން ދިރާސާ ކުރާ ކޮންމެ މީހަކަށްވެސް އެނގޭނެ މަޢުލޫމާތެވެ. މިހިސާބުން ސުރުޚީއަށް ޖެހިލަމާހެއްޔެވެ؟ "އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރެވިދާނެތަ؟" އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންގެ ދަރަޖައާއި ޙައްޤުތަކާ ބެހޭގޮތުން ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ. މި މަޒުމޫނުގައި އަޅުގަނޑުމެން ބަލައިލާނީ އިސްލާމީ ޝަރީޢަތުގައި އަންހެނުންނާއި ފިރިހެނުންގެ ދަރަޖަ އޮންނަ ގޮތާއި، އެ ދެ ޖިންސުގެ މެދުގައި ހުރި ތަފާތުތަކާއި، އަދި ހަމަހަމަކަން އޮންނަ ދާއިރާތަކެވެ.

އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުން ކުރާ ހެޔޮ ޢަމަލުތަކަށް ލިބޭ ދަރުމައިގެ އެއްވެސް ތަފާތެއް ނުވެއެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާއިގައިވަނީ "ފިރިހެނުންގެ ތެރެއިން ވިޔަސް އަދި އަންހެނުންގެ ތެރެއިން ވިޔަސް، އީމާންވެ ޞާލިޙު ޢަމަލުތައް ކުރާ މީހުން ދަންނާށެވެ! ފަހެ، ތިމަން ރަސްކަލާނގެ އެބައިމީހުންނަށް ރަނގަޅު ދިރިއުޅުމެއް ދެއްވާހުށީމެވެ." (ސޫރަތުއް ނަޙްލު: 97).

ދެވަނަ ކަމަކީ އިންސާނީ ކަރާމާތެވެ. އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންނަކީ އިންސާނީ ކަރާމާތުގައި ހަމަހަމަ ދެ ބައެކެވެ. މިކަންވެސް ކީރިތި ޤުރުއާނުގައި ސާފުކޮށް އެނގި ބަޔާންވެގެން ވެއެވެ. ތިންވަނަ ކަމަކަށް ޖެހިލާއިރު އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުންނަށް ތަޢުލީމު ޙާޞިލުކުރުމަކީ ހަމަހަމަ ޙައްޤެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާ ބަސްފުޅެއްގެ މާނައިގައި ވަނީ "ޢިލްމު ޙާޞިލުކުރުމަކީ ކޮންމެ މުސްލިމަކަށްމެ ވާޖިބުވެގެންވާ ކަމެކެވެ." (ޞަޙީޙު އިބްނު މާޖާ: 224).

އިސްވެ ދެންނެވުނު ކަންކަމަކީ އާންމު ދިރިއުޅުމުގައި މުހިންމު ކަންކަމެވެ. އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް ކުރެވެންހުރި ކަންކަމެވެ. މިކަންކަމުގައި އިސްލާމްދީން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ކުރައްވާފައިވާއިރު މާއްދީ ފައިދާތަކުގެ ބޭނުމުގައި ހަމަހަމަކަމަށް މީހުން ވަކާލާތުކުރާ ސަބަބަކީ ކޮބައިތޯއެވެ؟ 

އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރެވިދާނެތަ؟

އަންހެން ކުއްޖެއްގެ ފޮޓޯ

އިސްލާމްދީނަކީ އަންހެނުންނަށް ޢިއްޒަތާއި ކަރާމާތް ދީފައިވާ މާތްވެގެންވާ ދީނެކެވެ. އަންހެނުންނަށް އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ދީފައިވާ ދީނެކެވެ. އިސްލާމްދީނުގައި އަންހެނުންނަކީ މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ދެކެއެވެ. ނަމަވެސް، އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ދެ ޖިންސެއް ނޫނެވެ. އެއީ އެއްބައެއްގެ ގޮތުގައި ދެކޭކަށް ނުޖެހެއެވެ. އަދި އެގޮތަށް ދެކުމަކީ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ކަމެކެވެ. އަންހެނުންނާއި ފިރިހެނުންނަކީ ޠަބީޢަތުން ތަފާތު ދެ ޖިންސެކެވެ. ﷲ ތަޢާލާ ވަނީ އެ ދެ ޖިންސު ޚަލްޤުކުރައްވާފައި ތަފާތު ދެ ގޮތަކަށެވެ. އެހެންކަމުން، އެ ދެ ޖިންސުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައްވެސް ތަފާތެވެ. އަންހެނުންނާއި ފިރިހެނުން އެއްވަރުކުރުމަށް ގޮވާލުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެކެވެ. އެއީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ނިޒާމާ ދެކޮޅުހެދުމެވެ. މިފަދަ ވިސްނުންތަކަކީ ހަމައެކަނި މުސްލިމުންގެ މެދުގައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ ބައެއްގެ ވިސްނުންތަކެވެ. އެހެންކަމުން، މުސްލިމުން މިފަދަ ވިސްނުންތަކުން ދުރުހެލިވާން ޖެހެއެވެ

އިސްލާމްދީނުގައި އަންހެނުންނަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވެއެވެ. އަންހެނުންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤު ދެއްވާފައިވެއެވެ. މުދާ މިލްކުކުރުމުގެ ޙައްޤު ދެއްވާފައިވެއެވެ. އަދި އެތައް ޙައްޤުތަކެއް ދެއްވާފައިވެއެވެ. ނަމަވެސް، އެ ޙައްޤުތަކަކީ ފިރިހެނުންނާ އެއްވަރުކުރުމަށްޓަކައި ދެއްވާފައިވާ ޙައްޤު ތަކެއް ނޫނެވެ. 

މި ލިޔުން ކިޔާލުމުން