ކުޅިވަރު

ބާސެލޯނާ އާއި އޭސީ މިލާނުން ލީގު މެޗެއް ޤައުމުން ބޭރުގައި ކުޅެނީ

ބާސެލޯނާ އާއި އޭސީ މިލާނުން ލީގު މެޗެއް ޤައުމުން ބޭރުގައި ކުޅެނީ

ބާސެލޯނާ އާއި ވިޔަރިއާލް ކުރިން ބައްދަލުކުރި މެޗެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 އޮކްޓޯބަރު 2025، 07:37

10 އޮކްޓޯބަރު 2025، 07:37

ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ އޭސީ މިލާނުން ލީގު މެޗެއް ޤައުމުން ބޭރުގައި ކުޅުމަށް ނިންމައި އެކަމުގެ ޙުއްދަ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެއްޖެއެވެ.

މިކަމާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން ބުނެފައިވަނީ، ލީގު މެޗެއްގައި ކުޅޭ ދެ ޓީމުން އެއްބަސްވާ ތަނެއްގައި އެ މެޗެއް ކުޅުމާއިމެދު ޔޫއެފާގެ ޤަވާއިދު ހުރަސް ނާޅާ ކަމަށާއި އެހެންކަމުން އެ މެޗެއް ބޭނުން ތަނެއްގައި ކުޅެވޭނެ ކަމަށެވެ.

މިއީ މުޅިން އައު ކަމެއް އަދި މިގޮތަށް މެޗުތައް ކުޅުމުގާއި ޔޫއެފާގެ ގަވާއިދު ހުރަސް ނާޅާ. ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ޓީމުތަކުގެ ސަޕޯޓަރުންނަށް ދަތިނުވާނެ ގޮތަކަށް މެޗުތައް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން.

ކެފަރިން ބުންޏެވެ.

މި ކަމަކީ ޔޫއެފާއިން އެހާ ހިންހަމަޖެހޭ ކަމަކަށް ނުވިނަމަވެސް، ޤާނޫނީ ގޮތުން ހުރަސް އެޅޭނެ ގޮތެއް ނެތުމުން މިކަމަށް ޙުއްދަ ދިނުމަށްފަހު ކެފަރިން އިތުރަށް ބުނެފައިވަނީ، މިކަމުގެ ސަބަބުން ނޭދެވޭ ކަންތައްތަކެއް ފެނިގެން ނުދާނެކަމަށް އުއްމީދުކުރާ ކަމަށާއި، މި ކަމުގައި ކްލަބްތަކުން ޢަމަލު ކުރުމަށް ނިންމާފައިވާ ގޮތަށް މަރުޚަބާ ކިޔާ ކަމަށެވެ.

މި ނިންމުމާއެކު، ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރިއާލް މިއަންނަ ޑިސެންބަރު މަހު ބައްދަލުކުރާ މެޗު ކުޅޭނީ އެމެރިކާގެ މަޔާމީގައެވެ. އަދި މިއީ ޔޫރަޕްގައި ލީގު މެޗެއް ޤައުމުން ބޭރުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން، އިޓާލިއަން ސިރީ އޭގައި މިއަންނަ އަހަރުގެ ފެބުރުއަރީ މަހު އޭސީ މިލާން އާއި ކޮމޯ ބައްދަލުކުރާ މެޗު ވާނީ ޤައުމުން ބޭރުގައި ޔޫރަޕްގެ ޤައުމެއްގެ ލީގު މެޗެއް ކުޅޭ ދެވަނަ ފަހަރަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގެ ޕާރތުގައެވެ.

ބާސެލޯނާއިން ޤައުމުން ބޭރުގައި ލީގު މެޗެއް ކުޅުމުގެ ވިސްނުން 2019ވަނަ އަހަރު ވެސް ގެންގުޅުނެވެ. ނަމަވެސް އެ ފަހަރު ހުރަހަކަށްވީ، ސްޕެއިންގެ ފުޓުބޯޅަ އެސޯސިއޭޝަނާއި އެ ޤައުމުގެ ކުޅުންތެރިންގެ ޔޫނިއަންއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން