Ads by Stelco

ޚަބަރު

ރާއްޖޭގައި އިސްލާމީ ޢަޤީދާ ބިނާކުރާނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމަކީ ސަރުކާރުގެ އަދުގެ އަމާޒު : ވަޒީރު ޑރ. ޝަހީމް

ރާއްޖޭގައި އިސްލާމީ ޢަޤީދާ ބިނާކުރާނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމަކީ ސަރުކާރުގެ އަދުގެ އަމާޒު : ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޮކްޓޯބަރު 2025، 11:57

12 އޮކްޓޯބަރު 2025، 11:57

 އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ކުރިއަށްއޮތް އެއްހާސްވަނަ ޤަރުނުގެ ތެރޭ ރާއްޖޭގައި އިސްލާމީ ޢަޤީދާ ބިނާކުރާނެ ވަރުގަދަ ލީޑަރޝިޕެއް މިޤައުމުގައި ބިނާކުރުމަކީ ސަރުކާރުގެ އަދުގެ އަމާޒުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއިން ޒަމާނަކު ކީރިތި ޤުރުއާނަށް ސަރުކާރު ފެންވަރުގައި ނުދެވޭ ވަރުގެ އިސްކަމެއް މިހާރު ދެމުންދާކަމަށެވެ. އަދި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން މިވޭތުވެދާ 900 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކީރިތި ޤުރުއާން ފެތުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަމުންދަނީ މި ދުވަސްވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި، މިދިޔަ އަހަރު ރާއްޖޭގައި 24 ޙާފިޒުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާއިރު، އަންނަ އަހަރު މިޢަދަދު 50 ޙާފިޒުންނަށް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މިދައުރު ނިމިގެންދާއިރު ޤުރުއާން ހިތުދަސް 500 ޙާފިޒުންނާއި 1000 ޒުވާން ޚަޠީބުން ތަމްރީނުކޮށް، އެއީ 900 އަހަރުގެ ދިވެހި އިސްލާމީ ތާރީޚަށް ހެދުންކަމަށާއި، މިކަމާއެކު ކުރިއަށް އޮތް ޤަރުނުގެ ތެރޭގައި ރާއްޖޭގައި އިސްލާމީ ވަޙުދަތު ފުޅާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރާނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރެވޭނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ދިވެހިރާއްޖެ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކޮށް 900 އަހަރުގެ ދިވެހި އިސްލާމީ ތާރީޚަށްވެ އެއްހާސްވަނަ ޤަރުނުގެ ތެރެއަށް ދިވެހި އިސްލާމީ ތާރީޚުގެ ތެރެއަށް ވަދެގެންދާއިރު ޖެހިގެން އަންނަ ޤަރުނަށް ދިވެހިރާއްޖޭގެ އިސްލާމީ ޢަޤީދާ ވާޞިލުކޮށްދޭނެ ވަރުގަދަ ސަފެއް ލީޑަރޝިޕެއް މިޤައުމުގައި ބިނާކުރުން އަޅުގަނޑުމެންގެ އަމާޒަކީ  

ވަޒީރު

ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި ކޮންމެ ދައުރެއްގައިވެސް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަށް ކުރިއެރުން ގެނައުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، މިހާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު، އަގު ބޮޑެތި އިނާމުތަކާއެކު މުޅި މުބާރާތުގެ ޝަރަފު އެތައް ގޮތަކުން މަތިވެފައިވާކަމަށެވެ. އެގޮތުން މުބާރާތުގެ ވަނަތަކަށް ދޭ ފައިސާގެ އިނާމުގެ އަގު ބޮޑުވުމާއި، މުބާރާތުން ޝަރަފުވެރި އެއްވަނަ ހޯދާ ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ލިބިގެންދިޔުމާއެކު، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުގައި ރާއްޖޭގައި މުޅިން އައު ސަފްޙާއެއް ފެށިގެން މިދަނީކަމަށް ވަޒީރު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނަށް މިދައުރުގައި ދެވެމުން މިދާ އިސްކަމާއި އަންނަމުންދާ ކުރިއެރުން ދެމެހެއްޓުމަށްޓަކައި، ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ފަންޑެއްވެސް ޤާއިމުކުރެވިފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މި ފަންޑުގެ ދަށުން ކުރިއަށް އޮތްތަނުގައި ފީދައްކައިގެން ޤުރުއާން ކުލާސްތަކަށް ދާ ދަރިވަރުންގެ ފީ ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ވަޒީރުވަނީ މުބާރާތުން ވަނަ ލިބުނު ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރައްވާ، ވަނަ ނުލިބޭ ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ. އެގޮތުން، ކީރިތި ޤުރުއާނުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތަކީ ކުޑަކަމެއްގެ ގޮތުގައި ނުދެކި، އެއީވެސް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކިގެން އިތުރަށް މަސައްކަތްކުރުމަށް އެމަނިކުފާނުވަނީ އެދިވަޑައިގަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން