ވިޔަފާރި
ޑޮލަރުން ޓެކްސް ނަގާގޮތަށް ނިންމި ނިންމުމަށް މަޓާޓޯއިން ތާއީދުކޮށްފި!
މަޓާޓޯގެ މެމްބަރުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްދަނީ.
ޑޮލަރުން ޓެކްސް ނަގާގޮތަށް ޤާނޫނަށް ބަދަލު ގެންނަން ނިންމި ނިންމުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ތާއީދު ކޮށްފިއެވެ.
މަޓާޓޯއިން ބުނީ، ސަރުކާރުން މުދަލާ ޚިދުމަތުގެ އަގަށް ގެންނަން އުޅޭ ބަދަލަކީ އިޤްތިޞާދަށް ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށެވެ.
ޑޮލަރުން ޓެކްސް ނަގަން ނިންމުމަކީ، ރާއްޖޭގައި ޑޮލަރު ހިފަހައްޓަން ހިތްވަރު ލިބޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މަޓާޓޯ އިން ބުނެފައިވަނީ މާލީ ސިޔާސަތުތަކަށް އިސްލާޙް ގެނައުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އިސްލާޙީ ފިޔަވަޅުތައް އެޅުމުގައި އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
މަޓާޓޯއިން ބުނީ، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށެވެ.
Press Release: MATATO Clarifies Position on GST Amendment and Expresses Support for Government Fiscal Reforms pic.twitter.com/iZ5F1ldFYY
— MATATO - PATA Maldives Chapter (@matatoMV) August 27, 2024
ސަރުކާރުން ވަނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އިންކަމް ޓެކްސް، ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނަގަން ނިންމައި އެކަން އިޢްލާނު ކޮށްފައެވެ.
އަދި ޖީއެސްޓީ ނަގާ އުސޫލު "ޑެސްޓިނޭޝަން ޕްރިންސިޕަލް" އަށް ބަދަލު ކުރަން ވެސް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ގްރީން ޓެކްސް އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ޗާޖު ބޮޑު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.