Ads by Stelco

ޚަބަރު

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުގައި އަލުން ފްލެޓް ދޭން ހިމަނާފައި އެބައޮތް: ވަޒީރު ޑރ. މުއްޠަލިބް

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުގައި އަލުން ފްލެޓް ދޭން ހިމަނާފައި އެބައޮތް: ވަޒީރު ޑރ. މުއްޠަލިބް

އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޮކްޓޯބަރު 2025، 05:53

12 އޮކްޓޯބަރު 2025، 05:53

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓް މަޝްރޫޢުއިން، މީގެ ކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް އަލުން ފްލެޓް ދޭން ހިމަނާފައި އެބައޮތްކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގެދޮރުވެރިކަމާ ބެހޭ ޤާނޫނުތައް މިހާތަނަށް އޮތްގޮތުން، އެ މީހުންގެ ނަންތައް ލިސްޓުން ބާތިލުކުރެވޭނެ ޤާނޫނީ ގޮތެއް ނެތްކަމަށެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ސަރުކާރުން މިހާރު ރިވިއުކުރަމުންދަނީ ނިމުނު ސަރުކާރުގައި 2023 ނޮވެމްބަރު 15 ގައި އެކުލަވާލާފައި އޮތް ގެދޮރުވެރިޔާ ސްކީމްގެ ލިސްޓު ކަމަށެވެ. މި ލިސްޓުގައި ކުރިން ފްލެޓް ލިބިފައިވާ ފަރާތްތައް ތަކުރާރުކޮށް ހިމެނިފައިވުމަކީ، ވަރަށް ގިނަ އާއިލާތަކަށް ސްކީމުން މަހުރޫމުވުމުގެ ސަބަބު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެއް އާއިލާއަކަށް ތަކުރާރުކޮށް ފްލެޓް ލިބޭގޮތަށް އޮތް އުސޫލަކީ ޤަބޫލުކުރާ އުސޫލެއް ނޫން ކަމަށްވެސް ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ތަކުރާރުކޮށް ފްލެޓް ލިބޭ 976 ދެމަފިރިންގެ ތެރެއިން 645 މީހުންނަކީ 76 މާކްސްއިން މަތިން ޕޮއިންޓްލިބިގެން ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ. މިކަން މިގޮތަށް ވިޔަނުދީ، މީގެކުރިން ސަރުކާރު ސްކީމަކުން ފްލެޓް ނުލިބޭ އާއިލާތަކަށް މި ފްލެޓްތައް ކަނޑައެޅުމަށް، ޤާނޫނީގޮތުން އެކަން އޮތްގޮތް ބެލުމަށް އެކި ގޮތްގޮތުން މަސައްކަތްކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއެކުވެސް މަޝްވަރާކުރެވުނު ކަމަށާއި ނަމަވެސް، ޤާނޫނީގޮތުން އެކަން ހުއްޓުވޭނެ އެއްވެސް އުސޫލެއް ނެތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދެމަފިރިންނަށް ފްލެޓް ދިނުން މަނާކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތް. 976 ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކުރީގެ ސްކީމުތަކުން ފްލެޓް ލިބިފަ އޮތީ. ސޮއިކޮށް ޕްލޮޓް ކަނޑައަޅާފަ އޮތީ. އެހެންވީމަ މިކަން ހުއްޓުވޭކަށް ނެތް، ދޭން އެބަ މަޖުބުރވޭ. އެޗްއާރްސީއެމްއާއެކުވެސް މަޝްވަރާކުރިން  

ވަޒީރު

ވަޒީރު ވިދާޅުވިގޮތުގައި، އިޖުތިމާޢީ އިންސާފުން ބަލާއިރު، ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ދެމަފިރިއަކަށް ވަކިވަކިން ފްލެޓް ލިބުމަކީ، ޙައްޤުވެރި އެހެން އާއިލާތަކަށް ވެވޭ ބޭއިންސާފެކެވެ. ސަރުކާރުގެ ސްކީމަކުން ލިބެންވާނީ އެންމެ ޙައްޤުވެރި ފަރާތްތަކަށް ކަމަށް ވަޒީރު ޑރ. މުއްޠަލިބް ބަޔާންކުރެއްވިއެވެ.

މި ލިސްޓުގައި ހިމެނޭ ދެމަފިރިންގެ ތެރެއިން، ދެ މީހުންނަށްވެސް މި ސްކީމުން ފްލެޓް ލިބޭ އެންމެ ދެމަފިރިއަކު އެބަ ތިބިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ގެދޮރުވެރިކަމުގެ ދަތިކަން ކުރިމަތިވެފައިވާ އެތައް ހާސް އާއިލާތަކަކަށް އަސަރުކުރާނެ ކަމަށް ލަފާކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން