Ads by Stelco

ޚަބަރު

އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް ނަގާ ޑިއުޓީ ކުޑަވީ ކުރީގެ ސަރުކާރުގެ މަސައްކަތުން ނޫން: ވަޒީރު ސަޢީދު

އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް ނަގާ ޑިއުޓީ ކުޑަވީ ކުރީގެ ސަރުކާރުގެ މަސައްކަތުން ނޫން: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޮކްޓޯބަރު 2025، 10:48

14 އޮކްޓޯބަރު 2025، 10:48

އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާކަމަށް ކުރީގެ ސަރުކާރުން ބުނިނަމަވެސް އެކަން ކޮށްފައިނުވާކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިގެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި، އެކަމާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާބެހޭގޮތުން ސުވާލުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްއެވެ. އޭނާ ސުވާލުކުރެއްވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމުދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް (އެފް.ޓީ.އޭ) މިއަހަރު ޢަމަލުކުރަން ނިންމާފައިވާއިރު އެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައި ތޯ ބެލުމަށެވެ. މީގެ އިތުރުން މެންބަރު މީކާއިލް ވަނީ ނިމިދިޔަ ސަރުކާރުގައި މަޝްވަރާކޮށްގެން މަހުންނަގަމުން ދިޔަ ޓެރިފް ކުޑަކުރެވުނު ކަމަށް ވިދާޅުވެފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށެވެ. އެއީ އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވުމާއެކު (ބްރެކްޒިޓް) އެކަމާ ގުޅޭގޮތުން، އޭރުގެ އިޤްތިޞާދީ ވަޒީރު (މިހާރުގެ ވަޒީރު މުޙައްމަދު ސަޢީދު) ސޮއިކުރައްވާފައި ފުރަތަމަ ސިޓީއެއް ފޮނުވާފައިވަނީ 16 އޮކްޓޯބަރ 2016 ގައި ކަމަށެވެ.

ނަމަވެސް، މަހުންނަގާ ޓެރިފް ކުޑަކުރެވުނުކަމަށް ކުރީގެ ސަރުކާރުން ބުނި ވާހަކަތަކާ ގުޅިގެން ވަޒީރު ސަޢީދު ވިދާޅުވީ އެ ބަދަލަކީ ސަރުކާރަކާއެކު ކުރެވުނު މަޝްވަރާއަކާއި ގުޅިފައިވާކަމެއް ނޫން ކަމަށެވެ. "ބްރެކްޒިޓް ގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސަންޓު ޓެރިފެއް. މިހާރު ނަގަމުން ދަނީ 20 ޕަސަންޓުގެ ޓެރިފެއް. މިއީ ޕްރިފަރެންޝަލް އެގްރިމެންޓެއް ނެތް ހުރިހާ ޤައުމަކަށް، އެ ޤައުމުން ނަގާ ޓެރިފް." ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ކުޑަވުމަކީ ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރުގެ ވަކި އެއްބަސްވުމެއްގެ ދަށުން އައި ބަދަލެއް ނޫން ކަމަށް ވެއެވެ.



މެންބަރު މީކާއިލްގެ ސުވާލުގައި މިއަހަރު އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށަން ހަމަޖެހިފައިވާކަން ފާހަގަކުރެއްވި ނަމަވެސް، ވަޒީރު ސަޢީދު އެކަން ދޮގުކުރައްވާފައިވެއެވެ. އަދި އެ ވާހަކަތަކުގެ އަސާސް ހިއްސާކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާނެ ކަމުގެ ޔަޤީންކަމެއް އިނގިރޭސި ސަރުކާރުން ދިން ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިއުމެއްގައި ނެތް  

ވަޒީރު ސަޢީދު

ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޤައުމުތަކުން ރާއްޖެއަށް ލިބޭ ޓެރިފްތައް ކުޑަކުރުމަށް ނުވަތަ ރާއްޖެއަށް އެންމެ ފައިދާވާ މިންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން