Ads by Stelco

ޚަބަރު

އަސާސީ ކާބޯތަކެތީގެ 23 ބާވަތް އެސްޓީއޯއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އަސާސީ ކާބޯތަކެތީގެ  23  ބާވަތް އެސްޓީއޯއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އަސާސީ ކާބޯތަކެތީގެ 23 ބާވަތް އެސްޓީއޯއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޮކްޓޯބަރު 2025، 01:31

14 އޮކްޓޯބަރު 2025، 01:31

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 ބާވަތް، 2025 އޮކްޓޫބަރު 15 އިން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމާއި އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ސަޢީދު ވަނީ، އާ ކާބޯތަކެތި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސްޓީއޯއިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާއި، މި މަސައްކަތް ރޭވިފައިވާ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ވޭތުކުރުން ފަސޭހަ ކޮށްދިނުމަށް ދެއްވާ ސަމާލުކަމުގެ ތެރެއިން، މިކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.



އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 ބާވަތުގެ ތެރޭގައި ދިވެހީން އާންމުކޮށް ބޭނުންކޮށް އުޅޭ 10 ބާވަތެއްގެ މޭވާއާއި، 10 ބާވަތުގެ ތަރުކާރީގެ އިތުރުން އެހެނިހެން ތިން ބާވަތް ހިމެނެއެވެ. މި ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކެބިނެޓުން ނިންމެވީ 2025 ސެޕްޓެންބަރު 10 ގައެވެ. މި ނިންމުމަކީ ރައީސް މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން ކުރެވުނު ކަމެކެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވަނީ 5 އޮކްޓޯބަރުގައި ވިދާޅުވެފައެވެ. އެސްޓީއޯ މެދުވެރިކޮށް މިވަގުތު ރާއްޖެ އެތެރެކުރަނީ ކާޑުގެ ބާވަތްތަކެވެ. ބާޒާރުގައި އަގު ހިފެހެއްޓުމަށްޓަކައި، ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިބާވަތްތަކުގެ އިތުރުން ރީނދޫ މުގާއި ކުކުޅު ބިސް އަދި ކާށިވެސް އަސާސީ ކާބޯތަކެތިކަމުގައި އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ. މިނިންމުމާ އެއްގޮތަށް އެސްޓީއޯ މެދުވެރިކޮށް ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން ބާޒާރުގައި އެތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާ އާއި ތަރުކާރީ ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން