Ads by Stelco

ޚަބަރު

ބެސްޓިނެޓާއިއެކު ވި އެއްބަސްވުމަށް ޢަމަލުނުކޮށް ފަސް އަހަރު، ބޮޑު ބަދަލެއް ދޭންޖެހޭ: ބަންޑާރަނައިބު

ބެސްޓިނެޓާއިއެކު ވި އެއްބަސްވުމަށް ޢަމަލުނުކޮށް ފަސް އަހަރު، ބޮޑު ބަދަލެއް ދޭންޖެހޭ: ބަންޑާރަނައިބު

ބަންޑާރަ ނައިބު އުޝާމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޮކްޓޯބަރު 2025، 11:09

15 އޮކްޓޯބަރު 2025، 11:09

ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކޮށް 5 އަހަރުވެފައިވާ ކަމަށާއި، އެކަމުގައި އެ ކުންފުންޏާއެކު އެއްވެސް މުއާމަލާތެއް ނުކުރާތީ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހޭ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ދީފައިވާ ލަފަޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުޙައްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބަންޑާރަނައިބުގެ ވާހަކަފުޅުގައި، ބެސްޓިނެޓާއެކު އެންމެ ފުރަތަމަ އިމިގްރޭޝަނުން 2016 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، 2019 ވަނަ އަހަރު ބިދޭސީން ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ބަންގްލަދޭޝްގެ މަސައްކަތްތެރިން އެއް އަހަރު ދުވަހަށް ނުގެނެވޭ ގޮތަށް ހެދުމުން އެއްބަސްވުން ތަންފީޒުނުކުރެވި ހުއްޓިފައި އޮތް ކަމަށް ފާހަގަކުރެއްވިއެވެ.

"އެ ކުންފުނިން ފާހަގަކުރީ ސިސްޓަމް ބޭނުންކުރުން ހުއްޓާލިއިރު ރަސްމީކޮށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށާއި އެހާތަނަށް ސިސްޓަމްގެ އެކި ކޮމްޕޯނަންޓްތައް ޑިވެލޮޕްކުރުމަށް ބޮޑެތި ޚަރަދުތައް ގޮސް، އިންވެސްޓްމަންޓުތައް ކޮށްފައިވާ ކަމަށް،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ބެސްޓިނެޓުން ބަދަލުގެ ގޮތުގައި 13.7 މިލިޔަން ޑޮލަރާއި އެކި އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި ޝަރުޢީ މަރުހަލާއަކަށް މައްސަލަ ގެންދިޔަ ނަމަ، ބެސްޓިނެޓުން އެދިފައިވާ ބަދަލު އެފަރާތަށް ނަގައިދިނުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރަންޖެހޭނެތީ، ބެސްޓިނެޓާއެކު އައު އެއްބަސްވުމެއް ހެދުމަށް ލަފާ ދެއްވާފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން