Ads by Stelco

ޚަބަރު

ރާއްޖެއިން ސައިބަރ ކްރައިމް ކޮންވެންޝަންގައި ބައިވެރިވާން މަޖިލީހުން ރުހުންދީފި!

ރާއްޖެއިން ސައިބަރ ކްރައިމް ކޮންވެންޝަންގައި ބައިވެރިވާން މަޖިލީހުން ރުހުންދީފި!

ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޮކްޓޯބަރު 2025، 12:30

15 އޮކްޓޯބަރު 2025، 12:30

ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުންދީފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ރާއްޖޭން ބަލައިގަނެ، ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14ވަނަ ދުވަހުއެވެ. މިއީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ބައިނަލްއަގުވާމީ ފުރަތަމަ މުއާހަދާ ކަމަށްވުމުން، ދުނިޔޭގެ ފެންވަރުގައި ސައިބަރ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެކެވެ.

މި މުއާހަދާއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ޤަރާރަކުން ފާސްކޮށްފައިވާ މުހިންމު މަސައްކަތެކެވެ. ޤައުމުތަކުން މި މުއާހަދާގައި ސޮއިކުރުމުގެ ކަންކަން މި މަހުގެ 25އިން 26އަށް ވިއެޓްނާމުގައި ކުރިއަށްދާނެއެވެ.

މި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ، މި މުއާހަދާގައި ސޮއިކޮށް، އެންމެ އަވަހަށް ތަސްދީގުކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ ސައިބަރކްރައިމާ ގުޅުންހުރި ފަންނީ އެހީ ހޯދުމަށާއި އެ މުއާހަދާއާ ގުޅޭ އުސޫލުތައް އެކުލަވައިލުމުގައި ރާއްޖޭގެ ބައިވެރިވުން ފުޅާކުރެވޭނެކަމެއްކަން ފާހަގަކުރައްވާފައެވެ.

މި މުއާހަދާގައި ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ. އަދި މިއީ ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މުއާހަދާއެކެވެ. އެހެންކަމުން، މި މުއާހަދާގެ ދަށުން ޑިޖިޓަލް ދާއިރާގެ ތެރެއިން ސަލާމަތީ ރައްކާތެރިކަން އިތުރުވެ، ތަޙުގީގުކުރުމުގެ ހުނަރު އިތުރުވެގެންދާނެ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން