ވިޔަފާރި / ޚަބަރު
މާލެ ސަރަޙައްދުން ތަކެތި ގަންނަން ހުރި އަގުމަގު ގޭގަހުރެގެން ބަލާލުމަށް "އަގުމަގު ޕޯޓަލް"

ބާޒާރުގައި ވިއްކަން ހުރި މޭވާތަކެއް
ހުލާސާ
މާލެ ސަރަޙައްދުގެ ފިހާރަތަކުގައި އާންމު ބޭނުންތަކަށް ބޭނުންކޮށްހަދާ ކާބޯތަކެއްޗާއި އެހެނިހެން ތަކެތީގެ އަގުތައް ގޭގައި ހުރެގެން ބަލާލަން ބޭނުންނަނަމަ އަގުމަގު ޕޯޓަލް އަކީ ބޭނުންކޮށްލަން އެންމެ ރަނގަޅު ޕޯޓަލްއެވެ.
މި ޕޯޓަލްއަކީ ވިޔަފާރިއާ އިޤްތިޞާދާ ބެހޭ ވުޒާރާއިން އެކުލަވައިލައިފައިވާ ޕޯޓަލްއެކެވެ.
އަގުމަގު ޕޯޓަލްއިން މިވަގުތު މާލެ ސަރަހައްދުގެ ފިހާރަތަކުގައި އާންމުބޭނުންތަކަށް އާންމުގޮތެއްގައި ބޭނުންކުރާ ހުރިހާ ތަކެއްޗެއް ކަހަލަ ގޮތަކަށް ވަނީ ހިމަނައިފައެވެ.
އެގޮތުން ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ކަނޑުމަހާއި އެއްގަމު މަހުގެ ބާވަތްތަކިގެ އިތުރުން ގޭބިސީތަކުގައި އާންމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ސާމާނު އެއެއްޗެގެ އަގާއި އެއެއްޗެއް ވިއްކަން ހުރި ފިހާރައިގެ ނަމާއެކު ބުނެދީފައިވެއެވެ.
އަގުމަގު ޕޯޓަލްގައި މިވަގުތު ހުރި ތަރުކާރީއާއި މޭވާގެ ބައެއް ބާވަތްތައް އަގާއެކު:
- ބީންސް 70ރފ އަށް ކިލޯ
- ބެލްޕެޕަރ 75ރފ އަށް ކިލޯ
- ކެބެޖް 15ރފ އަށް ކިލޯ
- ކެޕްސިކަމް 65ރފ އަށް ކިލޯ
- ކެރެޓް 15ރފ އަށް ކިލޯ
- ގިތެޔޮމިރުސް (ބޭރުން އެތެރެކޮށްފައިވާ) 17ރފ ކިލޯއެއް
- ގިތެޔޮމިރުސް (ދިވެހި) 120ރފ އަށް ކިލޯއެއް
- ފެހި އާފަލެއް 4ރފ އަށް
- ލުނބޯ ކިލޯއެއް 20ރފ އަށް
- ފިޔާ ކިލޯއެއް 20ރފ އަށް
ފާހަގަކޮށްލަން ޖެހޭ ކަމަކީ އަގުމަގު ޕޯޓަލްގައި ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް އަދާހަމަކުރެވެމުންދާ ކަމެވެ. އަދި ކޮންމެ ވެބްސައިޓްގައި ހިމަނައިފައިވަނީ އެއެއްޗެއް އެންމެ އަގުހެޔޮކޮށް ލިބެން ހުރި ފިހާރައިގެ ނަމާއި އެކުއެވެ.
މި ޕޯޓަލްއިން މުހިންމު މުދަލުގެ އަގުތަކާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދޭތީ ތަކެތި ގަންނަން ބޭނުންވާ މީހުންނަށް ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ. އަގުތައް އެއްކުރެވެނީ އިންސްޕެކްޓަރުން ކުރާ ރެންޑަމް އިންސްޕެކްޝަންތަކުންނާއި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ހިއްސާކުރާ މަޢުލޫމާތުން ކަމަށް ޕޯޓަލްގައި ބުނެފައިވެއެވެ.
ފޯޓަލްގެ ލިންކް : https://agumagu.trade.gov.mv/