Ads by Stelco

ޚަބަރު

މޫސުން ގޯސްވެ، އަންގާރަ ދުވަހާ ހަމައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

މޫސުން ގޯސްވެ، އަންގާރަ ދުވަހާ ހަމައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ކަނޑުގަދަ އަދި ވިއްސާރަ ދުވަހެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޮކްޓޯބަރު 2025، 05:29

17 އޮކްޓޯބަރު 2025، 05:29

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހުވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ލަފާކުރައްވައެވެ. އަދި މިގޮތަށް އަންގާރަ ދުވަހާއި ހަމައަށް ވައި ދަމަހައްޓާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މޫސުން ގޯސްވެ ވައިގަދަވީ ނަމަވެސް، އެހާ ބޮޑަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭ ކަމަށް އެއިދާރާއިން ފާހަގަކުރެއްވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. މިއީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން