ކުޅިވަރު

އިންޓަރއިން ރޯމާ ބަލިކޮށް ލީގުގެ އެއްވަނައަށް އަރައިފި

އިންޓަރއިން ރޯމާ ބަލިކޮށް ލީގުގެ އެއްވަނައަށް އަރައިފި

އިންޓަރގެ އޭންޖް ބޮނީ ގޯލު ކާމިޔާބުކުރުމަށްފަހު އިފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޮކްޓޯބަރު 2025، 09:53

19 އޮކްޓޯބަރު 2025، 09:53

އިޓާލިއަން ސިރީ އޭގައި އިންޓަރ މިލާނުން 1-0 އޭއެސް ރޯމާ ބަލިކޮށް، ގޯލުގެ ތަފާތުން ލީގުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މި މެޗުގެ ހަމައެކަނި ގޯލު 6ވަނަ މިނެޓުގައި ކާމިޔާބުކުރީ، އިންޓަރގެ ފޯވާޑު، ފަރަންސޭސިވިލާތުގެ އޭންޖް ބޮނީއެވެ. 

އިންޓަރއަށް މި މެޗުގައި ދެން ލިބުނު އެންމެ ރަގަޅު ފުރުސަތަކީ، ޑެވިޑޭ ފްރަޓެސީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައިން ފަހިވެގެންދިޔަ ފުރުސަތެކެވެ. މެޗުގެ އިތުރު ވަގުތުގައި ހެންރިކް މިކިތަރިޔާންއަށް ލިބުނު މި ފުރުސަތުގައި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބަލިނުވެ ލީގުގެ އެއްވަނައިގައި އޮތުމުގެ ފުރުސަތާއެކު މި މެޗަށް ނިކުތް ރޯމާއަށް މެޗުގެ އެންމެ ރަގަޅު ފުރުސަތު ލިބުނީ 59ވަނަ މިނެޓުގައެވެ. އެ ޓީމަށް ލިބުނު ކޯނަރު އާރޓެމް ޑޮވްބީކް ފޮނުވާލިއިރު އޭނާގެ ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

މި މެޗުން އިންޓަރ މޮޅުވުމުން، ކުޅުނު 7 މެޗުން އިންޓަރ، ނަޕޯލީ އަދި ރޯމާއަށް ލިބިފައި ވަނީ 15 ޕޮއިންޓެވެ. އަދި ލީގުގެ އެއްވަނައިގައި އިންޓަރ އޮތީ ފައިދާ 10 ގޯލުންނެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް ފައިދާ 5 ގޯލު އޮތްއިރު، ރޯމާ ތިންވަނައިގައި އޮތީ ފައިދާ 4 ގޯލުންނެވެ.

ނަޕޯލީއަށް ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ގެއްލުނީ، އިއްޔެ ނެޕްލްސްއާ ކުޅުނު މެޗުން 1-0އިން އެ ޓީމު ބަލިވުމުންނެވެ. އެ މެޗުގައި ނެޕްލްސްގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އެތުލެޓިކޯ މެޑްރިޑްގެ ކޯޗު، ޑިއެގޯ ސިމިއޯނީގެ ދަރިފުޅު، ޖިއޮވާނީ ސިމިއޯނީއެވެ. ނަޕޯލީއިން އެ މެޗަށް ނިކުތީ، އަނިޔާވެފައިވާ ރަސްމުސް ހޮއިލުންޑް އާއި ސްކޮޓް މެކްޓޮމިނޭ ނުލައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން