ވިޔަފާރި

އީޓުކުރި އިންޓަނޭޝަނަލްގެ އަހަރު ނިމުމުގެ ޚާއްޞަ ޕްރޮމޯޝަން: ޝިޕިންގ ޗާޖުން %20 ޑިސްކައުންޓް!

އީޓުކުރި އިންޓަނޭޝަނަލްގެ އަހަރު ނިމުމުގެ ޚާއްޞަ ޕްރޮމޯޝަން: ޝިޕިންގ ޗާޖުން %20 ޑިސްކައުންޓް!

އީޓުކުރި ޚާއްޞަ ޕްރޮމޯޝަން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޮކްޓޯބަރު 2025، 12:07

19 އޮކްޓޯބަރު 2025، 12:07

ރާއްޖެއަށް ބައިނަލްއަޤްވާމީ އޮންލައިން ޝޮޕިންގ އަދި ޝިޕިންގގެ ޚިދުމަތް ފޯރުކޮށްދޭ މަޝްހޫރު އޮންލައިން ޕްލެޓްފޯމް، އީޓުކުރި އިންޓަނޭޝަނަލްއިން، އަހަރު ނިމުމާ ދިމާކޮށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން، ކަސްޓަމަރުންނަށް ބަރުދަނަށް ބިނާކޮށް ނަގާ ޝިޕިންގ ޗާޖުން %20 ގެ ޚާއްޞަ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން މަޢުލުމާތުދޭ ގޮތުގައި، މި ޕްރޮމޯޝަންގެ މުއްދަތަކީ 15 އޮކްޓޯބަރު 2025 އިން ފެށިގެން 31 ޑިސެންބަރު 2025 ގެ ނިޔަލަށެވެ. މިއީ ބައިނަލްއަޤްވާމީ މާކެޓުތަކުން ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ގެނެސްދޭނެ ފުރުޞަތެއްކަމަށް މޯލްޑިވްސް ޕޯސްޓް އިން ޤަބޫލުކުރެއެވެ.

އީޓުކުރި އިންޓަނޭޝަނަލްއަކީ ދިވެހި ކަސްޓަމަރުންނަށް އެމެރިކާގެ ގިނަ ވިޔަފާރިތަކުގެ ވެބްސައިޓްތަކުން ފަސޭހަކަމާއެކު ޝޮޕިންގ ކުރުމާއި ތަކެތި ގަތުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ ޝިޕިންގގެ ހުރަސްތައް ނައްތާލެވި، ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސޭހަކަމާއެކު ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ މަގު ފަހިވެގެންދެއެވެ.

އެހެންކަމުން، މި ޕްރޮމޯޝަންގައި ބައިވެރިވެ، އީޓުކުރިގެ ޚާއްޞަ ޑިސްކައުންޓް ބޭނުންވާ ފަރާތްތަކުން އީޓުކުރީގެ ވެބްސައިޓް https://int.etukuri.mv/ އަށް ޒިޔާރަތްކޮށް،"ETUKURI20OFF" މި ކޯޑު ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ ހޭދަ ކުޑަކޮށް، ބޭނުންވާ ތަކެތި ރާއްޖެއަށް ގެނެވޭނެއެވެ. އަހަރު ނިމުމުގެ މި ޕްރޮމޯޝަންއަކީ އީޓުކުރި އިންޓަނޭޝަނަލްއިން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ބައެއްކަން ފާހަގަކޮށްލެވެއެވެ.

އީޓުކުރި މެދުވެރިކޮށް ހެޔޮ އަގުތަކާއި، ރައްކާތެރިކަމާއިއެކު ދިވެހި ރުފިޔާއިން ފައިސާ ދެއްކުމާއި، އަދި ޝިޕްމަންޓްގެ ކޮންމެ މަރުޙަލާއެއް ޓްރެކްކުރުމުގައި ފަސޭހަވެގެންދާއިރު، ހުރިހާ ފަރާތްތަކުން ވެސް މި ފުރުޞަތުގެ ބޭނުންހިފަންވާނެ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން