Ads by Stelco

ޚަބަރު

ބޭންކިންގ ދާއިރާއިން ތިން ދަރިވަރަކަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ބީއެމްއެލްއިން ދީފި

ބޭންކިންގ ދާއިރާއިން ތިން ދަރިވަރަކަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ބީއެމްއެލްއިން ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ލިބުނު ތިން ދަރިވަރުން އަދި ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޮކްޓޯބަރު 2025، 02:40

19 އޮކްޓޯބަރު 2025، 02:40

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ލިބުނު ތިން ދަރިވަރުން އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ. މި ފުރުޞަތާއެކު މި ދަރިވަރުންނަށް ބޭންކިންގ އަދި ފައިނޭންސް ދާއިރާއިން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުން ކިޔެވުމުގެ މަގު ފަހިވެގެންދާނެއެވެ.

މި ސްކޮލަރޝިޕަކީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބީ.އެމް.އެލް އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މުހިންމު ޕްރޮގްރާމެކެވެ. މިއީ ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް، ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.

ބީ.އެމް.އެލް ސްކޮލަރޝިޕް ފަންޑުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ލިބުނު ދަރިވަރުންނަކީ:

  • މުޙައްމަދު ޢާހިލް އަޙްމަދު
  • މަރްޔަމް ޖައިޝާން ޖަލީލު
  • މުޙައްމަދު ޝައުން ޙިލްމީ


ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ސްކޮލަރޝިޕްގެ ދަށުން ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގެ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މި އަހަރު ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވަން. މި ކާމިޔާބީއަކީ ތިޔަ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ. މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގެ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން މުޙައްމަދު ޝަރީފް 

މުޙައްމަދު ޝަރީފް

2022 ވަނަ އަހަރުން ފެށިގެން ބީ.އެމް.އެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 9 ދަރިވަރުންނަށް ވަނީ ފުރުޞަތު ލިބިފައެވެ. މި ދަރިވަރުން މިހާރުވެސް އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލުކުރަމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން