ވިޔަފާރި / ޚަބަރު

ވެލާނާގެ އައު ޓާމިނަލް 1 އިން ސައުދިއާ އަށް ޚިދުމަތް ދޭން ފަށައިފި!

ވެލާނާގެ އައު ޓާމިނަލް 1 އިން ސައުދިއާ އަށް ޚިދުމަތް ދޭން ފަށައިފި!

ސައުދީއާ ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޮކްޓޯބަރު 2025، 10:58

21 އޮކްޓޯބަރު 2025، 10:58

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މިދިޔަ ޖުލައި 26 ގައި އާއްމުކޮށް ޚިދުމަތްދޭން ފަށާފައިވާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1  އިން ސައުދީ އަރަބިއާގެ ގައުމީ އެއަރލައިން ކަމަށްވާ ސައުދިއާ އަށް ޚިދުމަތް ދޭން  ފަށައިފިއެވެ. މިކަން ފާހަގަކުރުމަށްޓަކައި ވީއައިއޭގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ސައުދީ އަރަބިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ، ރާއްޖެއާއި އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ މެނޭޖަރު އީސަމް އަލް ހަބްސީ، ރާއްޖެއާއި ސްރީ ލަންކާ އަދި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް ސާލިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލުމަށްފަހު، އެ ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ހަދިޔާ ވަނީ ދީފައެވެ. މީގެ އިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 އިން ރާއްޖެއައި 127 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.

ސައުދިއާ އަކީ ސައުދީ އަރަބިއާގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާޗު 2016 ގައެވެ. ޓާމިނަލް 1 އިން ޙިދުމަތް ދޭން ފެށި 11 ވަނަ އެއާލައިންއަކީ ސައުދިއާ ކަމަށްވާއިރު، ސައުދީ އަރަބިއާގެ ފުރަތަމަ އެއާލައިންއަކަށްވެސް ވެގެންގޮސްފައިވަނީ ސައުދިއާއެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން