Ads by Stelco

ޚަބަރު

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ  އަޅައިފި

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުން ފޮޓޯ:ރަައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޮކްޓޯބަރު 2025، 11:39

21 އޮކްޓޯބަރު 2025، 11:39

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ލ. މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާމެންދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި ރަސްމިއްޔާތުގައި މާމެންދޫ ދާއިރާގެ މެންބަރުގެ އިތުރުން، މާމެންދޫ ކައުންސިލްގެ ރައީސާއި އެރަށުގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާމެންދޫ ކައުންސިލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ސަރުކާރުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އެޅުމަށް ނިންމާފައެވެ. އަދި މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް މިހާރުވެސް ވަނީ ފަށާފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަސައްކަތްތައް ހިންގުމަށާއި، ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ތަނަވަސްވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން