ކުޅިވަރު / ޚަބަރު

ފީފާގެ ރައީސް އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެއަށް: ފުޓްބޯޅައަށް އާ ރޫޙެއް!

ފީފާގެ ރައީސް އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެއަށް: ފުޓްބޯޅައަށް އާ ރޫޙެއް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު ފޮޓޯ: އެފްއޭއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޮކްޓޯބަރު 2025، 04:27

21 އޮކްޓޯބަރު 2025، 04:27

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރާއްޖޭގެ ފުޓްބޯޅަ ދިރުވައި، ކުރިން އޮތް ފޯރި އަލުން ގެނައުމަށް ހިތްވަރު ދެއްވުމަށް އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. އެއްދުވަހުގެ މި ދަތުރުގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިންނާއި، ކުލަބުތަކާއި، ކުޑަކުދިންނާ އެކު ތަފާތު ހަރަކާތްތަކެއްގައި އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާނެއެވެ. މިކަން ހާމަކުރައްވާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

އިންފަންޓީނޯގެ މި ދަތުރަކީ ރާއްޖޭގެ ފުޓްބޯޅައަށް އާ ރޫޙެއް ގެނައުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ދެއްވުމުގެ މަޤްސަދުގައި ކުރައްވާ ދަތުރެކެވެ. މި ދަތުރާއި ދިމާކޮށް ޚާއްސަ އިވެންޓުތަކެއް ވަނީ ރާވައިފައެވެ. މީގެ ތެރޭގައި ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި، ކުލަބުތަކުގެ އިސްވެރިންނާއި، މިނޫނަސް ފުޓްބޯޅައާ ގުޅުންހުރި މުހިއްމު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޑަކުދިންނާ އެކު ކުޅިވަރު ހަރަކާތްތަކާއި، އިތުރު މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްގައި ވެސް އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދާދި ފަހުން އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު، އިންފަންޓީނޯ ވަނީ ޠާރިޤު ރާއްޖޭގެ ފުޓްބޯޅައަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. މީގެ އިތުރުން، ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ކާމިޔާބުކުރިކަމަށް ޓަކައި ވެސް އިންފަންޓީނޯ ވަނީ ތައުރީފުކުރައްވާފައެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ފީފާގެ ރައީސްކަން ކުރެއްވި ސެޕް ބްލެޓާ ވަނީ 2006 ވަނަ އަހަރު، ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން ދެ ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ. އިންފަންޓީނޯގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅައަށް އާ އުންމީދާއި ފޯރި ގެނެސްދޭނެ ދަތުރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން