ޚަބަރު
އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި ހައްޔަރުކުރީ 46 އަހަރުގެ

ފަރުދުން
22 އޮކްޓޯބަރު 2025، 09:09
22 އޮކްޓޯބަރު 2025، 09:09
އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައެވެ.
މި މައްސަލައިގެ ބާވަތުން، މައްސަލައިގައި ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.