Ads by Farudhun

ޚަބަރު

ތިނަދޫ ރޭޕް ކޭސްގެ ތުހުމަތުވާ އެކަކު ހައްޔަރުކުރީ 16 އަހަރުގެ ކުއްޖަކާއެކު އޮއްވާ

ތިނަދޫ ރޭޕް ކޭސްގެ ތުހުމަތުވާ އެކަކު ހައްޔަރުކުރީ 16 އަހަރުގެ ކުއްޖަކާއެކު އޮއްވާ

ޕޮލިސް ހެޑްކުއާޓާސް. ފޮޓޯ: އެޓޯލްސް ޓައިމްސް

farudhun logo

ފަރުދުން

25 އޮކްޓޯބަރު 2026، 02:47

25 އޮކްޓޯބަރު 2026، 02:47

ގދ. ތިނަދޫގައި ހިނގި ރޭޕްގެ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކުރުމަށް ފުލުހުން ގެއަކަށް ވަންއިރު، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާއެކު ނިދާފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ، ތުހުމަތުކުރެވޭ މީހާ ވަނީ އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ މީހާއާއެކު ފެނުނު 16 އަހަރުގެ އަންހެން ކުއްޖާއާ ގުޅުންހުރި އިތުރު މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުންނެވެ.

މި މައްސަލައިގެ ތަޙުޤީޤަށް އެ ކުއްޖާގެ އަންނައުނާއި އެހެނިހެން ހެކިތައް ފޮރެންސިކް ތަޙުލީލުތަކަށް ނަގާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން، އެ ކުއްޖާގެ މައިންބަފައިން ޖެންޑާ މިނިސްޓްރީއަށް ހާޒިރުކޮށް، ފުލުހުންނާއި ޖެންޑާ ގުޅިގެން މި މައްސަލައިގެ ތަޙުޤީޤު ވަނީ ފަށާފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން، މީޑިއާތަކަށް ހާމަކުރެވެން ހުރި މަޢުލޫމާތުތައް ހިއްސާކުރަމުން ގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450