Ads by Farudhun

ޚަބަރު

ތުޅާދޫ ކައިރީގައި 'ސްޕޮޓަރ' ރާޅު މޮނިޓަރިން ނިޒާމެއް ބަހައްޓައިފި

ތުޅާދޫ ކައިރީގައި 'ސްޕޮޓަރ' ރާޅު މޮނިޓަރިން ނިޒާމެއް ބަހައްޓައިފި

ތުޅާދޫ ކައިރީގައި 'ސްޕޮޓަރ' ރާޅު މޮނިޓަރިން ނިޒާމު ބެހެއްޓުން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 އޮކްޓޯބަރު 2026، 02:38

25 އޮކްޓޯބަރު 2026، 02:38

ރާއްޖޭގައި މިހާރު ކުރިއަށްދާ "ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން، ބ. ތުޅާދޫ ކައިރީގައިވާ ކަނޑުގެ ސަރަޙައްދުގައި 'ސްޕޮޓަރ' ރާޅު މޮނިޓަރިން ނިޒާމެއް ބަހައްޓައިފިއެވެ. 

މި ނިޒާމު ގާއިމުކޮށްފައިވަނީ ތުޅާދޫ ކައިރީގައި އޮންނަ މަސްކޮޅު ނަންބަރު F08D03 ގައި ކަމަށްވާއިރު، މި ނިޒާމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ރާޅުތަކުގެ ހަރަކާތްތަކާއި ކަނޑުގެ ޙާލަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ދެނެގަތުމަށް ބެހެއްޓުނު ނިޒާމެކެވެ. މީގެ ސަބަބުން ކަނޑުގެ ލޮނގަނޑަށާއި ރާޅުތަކަށް އަންނަ ބަދަލުތައް ވަގުތުން ދެނެގަނެ، އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެއްކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ރާޅުތަކުގެ އުސްމިނާއި، ރާޅު ދަތުރުކުރާ މިސްރާބުގެ އިތުރުން، އޮއިވަރާއި ކަނޑުގެ ދިމާލަށް އަރާފައިބާ މިންވަރު ހިމެނެއެވެ. މިފަދަ ޑޭޓާތަކަކީ ސައިންޓިފިކް ދިރާސާތަކަށް ނުހަނު ބޭނުންތެރި، އަދި ރާއްޖޭގެ ކަނޑުގެ މާހައުލު ދެނެގަތުމަށް ލިބިގެންދާނެ އަގުހުރި މައުލޫމާތުތަކެކެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްތަކުގެ ގިރާ ސަރަޙައްދުތަކަށާއި ގޮނޑުދޮށްތަކަށް ކުރާ އަސަރުތައް ވަޒަންކުރުމުގައި މި ނިޒާމުން އެއްކުރާ މައުލޫމާތު ބޮޑު ދައުރެއް އަދާކުރާނެއެވެ. އަދި ކަނޑުގެ މާހައުލަށް އަންނަ ބަދަލުތައް ދުރާލައި ދެނެގަނެވި، ގުދުރަތީ ކާރިސާތަކާއި މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް އެކަށައެޅުމަށް މިކަމުން ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.

"ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢަކީ ރާއްޖޭގެ ރަށްތަކަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަންތަނަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރުމަކީ ތިމާވެށީގެ ދިރާސާތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450