ދުނިޔެ

ޣައްޒާ ހަމަލާތައް ހުއްޓާލުމުގެ މުޢާހަދާއާއި އިސްރާއިލުން ޚިލާފުވަމުންދާތީ އެކަން ހުއްޓުވުމަށް ޕްރެޝަރ ކުރުމަށް އުރްދުޣާން ގޮވާލައްވައިފި

ޣައްޒާ ހަމަލާތައް ހުއްޓާލުމުގެ މުޢާހަދާއާއި އިސްރާއިލުން ޚިލާފުވަމުންދާތީ އެކަން ހުއްޓުވުމަށް ޕްރެޝަރ ކުރުމަށް އުރްދުޣާން ގޮވާލައްވައިފި

ރަޖަބް ޠައްޔިބް އުރްދުޣާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޮކްޓޯބަރު 2025، 09:09

24 އޮކްޓޯބަރު 2025، 09:09

ޣައްޒާ އަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ވެވުނު މުޢާހަދާއާއި އިސްރާއިލުން ދެބަސްވަމުންދާތީ އެކަން އެގޮތަަށް ނުކުުރުމަށް އިސްރާއިލަށް ޕްރެޝަރ ކުރުމަށް ބައިނަލް އަޤްވާމީ ބާރުތަކަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ގޮވާލައްވައިފިއެވެ.

އުރްދުޣާން މިއަދު ވިދާޅުވީ، އިސްރާއިލުން މުޢާހަދާއާއި ޚިލާފުވުން ހުއްޓުވުމަށް އެމެރިކާ އާއި އެހެނިހެން ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އޭގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އެޅުން ނުވަތަ ހަތިޔާރު ވިއްކުން ހުއްޓާލުން ހިމެނޭ ކަމަށެވެ.

 އޮމާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި ވަޑައިގެން ނޫސްވެރިންނަށް ދެއްވި ބަޔާންތަކެއްގައި އުރްދުޣާން ވިދާޅުވީ، އިސްލާމީ މުޤާވަމަތުގެ ޙަރަކާތް (ޙަމާސް) އިން އެއްބަސްވުމަށް ތަބާވަމުންދާ ކަމަށެވެ. އަދި ޣައްޒާ ސެކްޓަރަށް އެކުލަވާލުމަށް ހަމަޖެހިފައިވާ ޓާސްކް ފޯހަށް ބޭނުންވާ ކޮންމެ ގޮތަކުންވެސް އެހީތެރިކަން ދިނުމަށް ތުރުކީ އަދިވެސް ތައްޔާރަށް އޮތް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

 ޣައްޒާ އަލުން ބިނާކުރުން އުރްދުޣާން ސިފަ ކުރެއްވީ ފަސޭހަ ނޫން ކަމެއްގެ ގޮތުގައެވެ.  އަދި ތުރުކީން މި ފިޔަވަޅު އަޅާނީ ޚާއްޞަކޮށް އެކުވެރި ޤައުމުތަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ، ޣައްޒާ ޓާސްކް ފޯހާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، އެއީ ގިނަ ދިމާތަކަކަށް ފުޅާވެފައިވާ މައްސަލައެއް ކަމަށްވާތީ ކަމަށެވެ.

 މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނާ އެއްގޮތަށް ޙަމާސް އާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމާއި އަސީރުން ބަދަލުކުރުމުގެ މުޢާހަދާއެއް ވަނީ ތަންފީޒުކުރަން ފަށާފައެވެ. 

 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެންް 68,234 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ 170,373 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ޣައްޒާގެ %90 އަށް ވުރެ ގިނަ މަދަނީ އުމްރާނީ ތަރައްޤީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން