ކުޅިވަރު

ތައިލެންޑުގައި ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އިޒްޔާން އާކޮށްފި

ތައިލެންޑުގައި ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އިޒްޔާން އާކޮށްފި

ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އައުކުރި އިޒްޔާން ނާޒިމް---

farudhun logo

ފަރުދުން

25 އޮކްޓޯބަރު 2025، 01:21

25 އޮކްޓޯބަރު 2025، 01:21

ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އިޒްޔާން ނާޒިމް އައު ކޮށްފިއެވެ. 

އިޒްޔާން މި ރެކޯޑު އައުކޮށްފައި ވަނީ ތައިލޭންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025ގައެވެ.

މި މުބާރާތުގައި އިޒްޔާން ރާއްޖޭގެ ރެކޯޑު އައުކުރީ 02:31.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީވެސް އިޒްޔާނެވެ. އެއީ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 02:37.35އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި މުބާރާތަށްފަހު އިޒްޔާން ދެން ދާނީ ބަޙްރެއިންގައި މިހާރު ކުރިޔަށްދާ 3 ވަނަ އޭޝިއަން ޔޫތް ގޭމްސްގެ ސްވިމިން އިވެންޓުގައި ރާއްޖެ ތަމްސީލުކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން