ކުޅިވަރު
100 މީޓަރާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު އައުކޮށްފި
ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރާއި، 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައުކުރި ލޫޠު މުޙައްމަދު
ފަރުދުން
25 އޮކްޓޯބަރު 2025، 01:35
25 އޮކްޓޯބަރު 2025، 01:35
ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރާއި، 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން އައު ކޮށްފިއެވެ.
ލޫޠު މި ރެކޯޑު އައުކޮށްފައި ވަނީ ތައިލޭންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025ގައި ވާދަކޮށްގެންނެވެ.
މި މުބާރާތުގައި ލޫޠު ރާއްޖޭގެ ރެކޯޑު އައުކުރީ 01:09.44 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ 100 މީޓަރުގެ ޤައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީ އިޒްޔާން ނާޒިމެވެ. އެއީ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 01:12.85 އިން އިވެންޓު ނިންމައިގެންނެވެ.
ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑު ލޫޠު އައުކުރީ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:31.95 އިން ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ މީގެ 13 އަހަރު ކުރިން، 2012 ވަނަ އަހަރު ބޭއްވި 11 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ޙަސަން އަޝްރަފެވެ. އަޝްރަފް އިވެންޓު ނިންމާފައިވަނީ 00:32.95 އިންނެވެ.
މި މުބާރާތަށްފަހު ލޫޠު ދެން ދާނީ ބަޙްރެއިންގައި މިހާރު ކުރިޔަށްދާ 3 ވަނަ އޭޝިއަން ޔޫތް ގޭމްސްގެ ސްވިމިން އިވެންޓުގައި ރާއްޖެ ތަމްސީލުކުރުމަށެވެ.