ކުޅިވަރު
ޝޯޓްކޯސް 50 ގުނަ 4 މީޓަރުގެ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު އައުކޮށްފި
ޝޯޓްކޯސް 50 ގުނަ 4 މީޓަރުގެ ފްރީސްޓައިލް ރިލޭ އިވެންޓުގައި ވާދަކުރި ފެތުންތެރިން---
ފަރުދުން
25 އޮކްޓޯބަރު 2025، 02:26
25 އޮކްޓޯބަރު 2025، 02:26
ފިރިހެނުންގެ ޝޯޓްކޯސް 50 ގުނަ 4 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައު ކޮށްފިއެވެ.
މި އިވެންޓުން ޤައުމީ ރެކޯޑު އައުކޮށްފައި ވަނީ ތައިލެންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025ގައެވެ.
މި އިވެންޓުގައި ރާއްޖެ ތަމްސީލުކޮށްފައި ވަނީ އަޒާން އަޒްމީލް ލަޠީފް، އިޒްޔާން ނާޒިމް، އިބްރާހީމް މަޢާދު ސާޖިދާއި، ލޫތް މުޙައްމަދު ހުސެއިން ހިމެނޭ ނިއުލެގޫންސް ސްވިމިންގ ކުލަބުގެ މި ޓީމުންނެވެ.
މި ޓީމުން ރިލޭ ނިންމާފައި ވަނީ 01:44.98 އިންނެވެ.
މިއިވެންޓު އެންމެ ފުރަތަމަ ފެތިކަމަށް ރެކޯޑު ކޮށްފައިވަނީ ހަމަ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައެވެ. އެ ފަހަރު މި އިވެންޓުގައި ވާދަކުރި ޓީމުގައި ހިމެނުނީ އިބްރާހީމް މަޢާދު ސާޖިދު، އިޒްޔާން ނާޒިމް، ލޫތް މުހައްމަދު ހުސެއިން އަދި މުޙައްމަދު ހަމީމް އިބްރާޙީމް ޚަލީލުއެވެ. އެ ޓީމުން ރިލޭ ނިންމީ 01:47.58 އިންނެވެ.