ޚަބަރު
ސައިބަރ ކުށްތަކާ ދެކޮޅު މުޢާހަދާގައި ރާއްޖޭން ސޮއިކޮށްފި
ސައިބަރ ކުށްތަކާ ދެކޮޅު މުޢާހަދާގައި ރާއްޖޭން ސޮއިކުރުން.
ފަރުދުން
25 އޮކްޓޯބަރު 2025، 03:28
25 އޮކްޓޯބަރު 2025، 03:28
އ.ދ.ގެ ސައިބަރ ކުށްތަކާ ދެކޮޅު މުޢާހަދާގައި ރާއްޖޭން އަދު ސޮއިކޮށްފިއެވެ. މި މުޢާހަދާގައި ރާއްޖެ ތަމްޘީލުކުރައްވައި ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ކަމާ ގުޅޭ ގޮތުން އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ވަރަށް ތާރީޚީ ހިނދުކޮޅެއް ކަމަށެވެ. ވަޒީރު ޑރ. ޚަލީލު ވިދާޅުވީ، ރައްކައުތެރި، އަދި މިހާރަށްވުރެ ކަށަވަރުކަން ބޮޑު ސުމޭކު މުސްތަޤުބަލަކާ ދިމާއަށް އެޅުނު މިއީ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ވަސީލަތްތަށް މަދުވުމުގެ ސަބަބުން، ސައިބަރ ނުރައްކައުތަކަށް ހުށަހެޅުމުގެ ފުރުޞަތު އިތުރުވުމަށް މެދުވެރިވެއެވެ. ނަމަވެސް، މިފަދަ ގޮންޖެހުމެއްގެ ސަބަބުން ދިވެހީންގެ ޢަޒުމަށް ގުޑުން އަރައިގެން ނުވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޑރ. ޚަލީލުގެ ޕޯސްޓުގައި ވިދާޅުވީ، އަދު އެ މަނިކުފާނު ސޮއިކުރެއްވި މުޢާހަދާގެ ދަށުން، ސައިބަރ ކުށްތައް މަދުކުރުމަށާއި، ޤާނޫނުގައި ސައިބަރ ކުށްތައް ބަޔާންކުރުމާއި، ސައިބަރ ކުށްތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން އެކުއެކީ މަސައްކަތް ކުރުން ކުރިއަށް ދާނޭ ކަމަށެވެ.
އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލިހުން މި މުޢާހަދާ ބަލައިގަތުމަށް ނިންމީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 24ވަނަ ދުވަހުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ސައިބަރ ކުށްތަކާ ގުޅޭ ގޮތުން މިފަދަ ބައިނަލްއަޤުވާމީ މުޢާހަދާއެއް އެކުލަވައިލެވުނު ފުރަތަމަ ފަހަރެވެ. މި މުޢާހަދާގެ ސަބަބުން، ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެއެވެ.
މި މުޢާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އޮކްޓޯބަރު 25ވަނަ ދުވަހު (މިއަދު) ވިއެޓްނާމްގެ ހަނޯއީގައެވެ. އަދި އެއަށް ފަހު، އަންނަ އަހަރުގެ ޑިސެންބަރު 31ވަނަ ދުވަހާ ހަމައަށް ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އެ މުޢާހަދާގައި ސޮއިކުރުން ކުރިއަށްގެންދާނެއެވެ.
A historic moment! I signed today, the United Nations Convention against Cybercrime on behalf of the Government of Maldives.
— Abdulla Khaleel (@abkhaleel) October 25, 2025
This marks a pivotal step toward a safer, more secure digital future. For Small Island Developing States like the Maldives, limited resources make us… pic.twitter.com/m9YX8nJZIP