Ads by Stelco

ޚަބަރު

އައްޑޫ ސިޓީގެ ތިން ރަށެއްގައި ޚިޔާލު ހޯދުމުގެ ވޯޓު ގުނަން ފަށައިފި، މިރޭ 9 ގައި ވަގުތީ ނަތީޖާ އިިޢުލާން ކުރަނީ

އައްޑޫ ސިޓީގެ ތިން ރަށެއްގައި ޚިޔާލު ހޯދުމުގެ ވޯޓު ގުނަން ފަށައިފި، މިރޭ 9 ގައި ވަގުތީ ނަތީޖާ އިިޢުލާން ކުރަނީ

އައްޑޫ ސިޓީގެ ތިން ރަށެއްގައި ޚިޔާލު ހޯދުމުގެ ވޯޓު ފޮޓޯ: އިލެކްޝަންސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޮކްޓޯބަރު 2025، 06:25

25 އޮކްޓޯބަރު 2025، 06:25

އައްޑޫ ސިޓީގެ ތިން ރަށެއް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުލުން ނިމި، ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ވޯޓުގެ ވަގުތީ ނަތީޖާ މިއަދު ރޭ 21:00 ގައި އިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއްގެ ދަށުން ނަގާ ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓު ނެގުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށާފައެވެ. މިއީ އައްޑޫ ސިޓީގެ މި ތިން ރަށުގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ޚިޔާލު ހޯދުމަށް ނެގުނު ވޯޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހުރިހާ ވޯޓުފޮއްޓެއް ބަންދުކޮށް، ގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ވޯޓު ނެގި ސަބަބު


އައްޑޫގެ މި ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނަގަނީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. މިކަމުގައި ޤާނޫނީ ގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހު ކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފައެވެ.

ރައީސްގެ ވިސްނުން


އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނުވަތަ ބައެއް ރަށްތަކުގައި ވަކި ކައުންސިލެއް އުފެއްދުމާއި ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އިޙުތިރާމު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ރަށްރަށް ވަކިވާން އެދިއްޖެނަމަ، މިހާރު އޮތް އުސޫލުގެ ތެރެއިން ފޭދޫއަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެކަމަށާއި ހުޅުދޫއަށް 14 މިލިއަން އަދި މީދޫއަށް 18 މިލިއަން ބްލޮކް ގްރާންޓުގެ ގޮތުގައި ލިބިގެންދާނެކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ސަރުކާރުގެ ތާޢީދު ލިބިގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ވޯޓުގެ ނަތީޖާ


އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައިވެސް މި ތިން ރަށުގެ ރައްޔިތުން ވޯޓު ދީފައި ވަނީ ސިޓީއެއް ބޭނުންނުވާ ކަމަށެވެ. މިފަހަރުގެ ވޯޓުން މި ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހުރީ ކޮންގޮތަކަށްތޯ މިއަދު ރޭގެ ނަތީޖާއިން ހާމަވެގެންދާނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން