ކުޅިވަރު

ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި

ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި

4 ގުނަ މީޓަރު ރިލޭ ރޭހުން ލޯ މެޑަލް ހޯދި ޓީމު / ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޮކްޓޯބަރު 2025، 07:08

26 އޮކްޓޯބަރު 2025، 07:08

ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025ގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ލޯ މެޑަލް ހޯދައިފިއެވެ. 

މި މަހުގެ 24އިން 26އަށް އިންޑިއާގެ ރާންޗީގައި ކުރިޔަށްދާ މި މުބާރާތުގުން ލޯ މެޑަލް ހޯދި 4 ގުނަ 100 މީޓަރު ރިލޭ ރާއްޖޭގެ ޓީމުން ނިންމީ 47.79 ސިކުންތުންނެވެ. މި ރިލޭއިން އެއްވަނައަށް ދިޔަ ސްރީ ލަންކާއިން 44.70 ސިކުންތުން ރޭސް ނިންމިއިރު، ދެވަނަ ހޯދި އިންޑިއާއިން ރޭސް ނިންމީ 44.93 ސިކުންތުންނެވެ.

ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީމުގައި ހިމެނެނީ، އައިޝަތު ޝަބާ ސަލީމް، ޙައްވާ މުޒްނާ ފާއިޒު، އަޙްނާ ނިޒާރު އަދި ޒިވާ މޫސާ ޝަފީއުއެވެ. 

ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025ގައި ވާދަކުރާ ރާއްޖޭގެ ޓީމް / ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މި އެތުލީޓުންގެ އިތުރުން ރާއްޖެއިން މުބާރާތަށް ދިޔަ އަންހެން ދުވުންތެރިންނަކީ އައިމިނަތު ލަޔާނާ މުޙައްމަދު އާއި ޒީކް އަޝްރަފް ރަޝީދުއެވެ. 

މި މުބާރާތަށް ދިޔަ ފިރިހެން އެތުލީޓުންނަކީ ހަސަން ސާއިދު، އިބާދުﷲ އާދަމް، އާދަމް ރިއްފަތު، ހަސަން ނުޖޫމް، ހުސެއިން ރިޒާ (ކުޑަ ރިޒާ)، އަހުނަފް ރައްޔާން ފަހުމީ އަދި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް)އެވެ.

މި މުބާރާތުގައި ދެކުނު އޭޝިއާ އަށް ނިސްބަތްވާ ހަ ގައުމަކުން 300 އަށް ވުރެން ގިނަ އެތުލީޓުން ވާދަކުރާކަމަށް އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަނުން ހާމަކުރެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން