Ads by Stelco

ޚަބަރު

ހުޅުމާލޭގައި ބިދޭސީންތަކެއް އަތުން ވަގަށް ނެގި ގިނަ ޑޮލަރުތަކެއް ހޯދައި، ވެރިފަރާތާ ޙަވާލުކޮށްފި

ހުޅުމާލޭގައި ބިދޭސީންތަކެއް އަތުން ވަގަށް ނެގި ގިނަ ޑޮލަރުތަކެއް ހޯދައި، ވެރިފަރާތާ ޙަވާލުކޮށްފި

ހުޅުމާލޭން ބިދޭސީންތަކެއް އަތުން ވަގަށް ނަގާފައިވާ ޑޮލަރުތައް.

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 03:22

26 އޮކްޓޯބަރު 2025، 03:22

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ހުންނަ ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށް ނެގި ގިނަ ޢަދަދެއްގެ ޑޮލަރުތަކަކާއި، އެހެނިހެން ތަކެތި ހޯދައި، އެ ތަކެތީގެ ޙައްޤު ވެރިފަރާތާ ޙަވާލުކޮށްފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި، އޮކްޓޫބަރު 24ވަނަ ދުވަހުގެ ރެއި ދަންވަރު 2:40ހައިއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓެއްގައި ވައްކަމެއް ހިނގައިގެން އުޅޭ ކަމުގެ މަޢޫލޫމާތު ލިބުނެވެ. މަޢުލޫމާތު ލިބުމާ އެކު ފުލުހުން އެ ސައިޓަށް ގޮސް، އެ ތަނުގައި ދިރިއުޅޭ މީހުން ގާތު އެހުމުން، 20،000 ޑޮލަރާއި އެހެނިހެން ތަކެތި ހިމެނޭ ދަބަހެއް ވަގަށް ނަގާފައިވާ ކަމަށް އެ މީހުން ބުންޏެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ފުލުހުން އެ ސަރަޙައްދު ބަލައިފާސްކުރަމުން ދިޔައިރު، 20،000 ޔޫ.އެސް. ޑޮލަރުގެ އިތުރުން، ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ހުރި ދަބަހެއް ވަނީ ފެނިފައެވެ. މި ތަކެތި ފެނުނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށާއި، މި ތަކެތި ޙައްޤު ވެރިފަރާތާ ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މައްސަލައިގެ އިތުރު ތަޙުޤީޤުތައް ފުލުހުން ގެންދަނީ ކުރަމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން