ކުޅިވަރު

އިނގިރޭސިވިލާތުގައި އައުކުރި ދެ ރެކޯޑަކާއެކު، މިރާލްގެ އިންޑިވިޖުއަލް ރެކޯޑުގެ އަދަދު 11އަށް

އިނގިރޭސިވިލާތުގައި އައުކުރި ދެ ރެކޯޑަކާއެކު، މިރާލްގެ އިންޑިވިޖުއަލް ރެކޯޑުގެ އަދަދު 11އަށް

މިރާލް އައިން ލަތީފް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 އޮކްޓޯބަރު 2025، 06:44

27 އޮކްޓޯބަރު 2025، 06:44

އިނގިރޭސިވިލާތުގައި ކުރިޔަށް ދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓް 2025ގައި ވާދަކޮށް ދިވެހިރާއްޖޭގެ ފެތުމުގެ ދެ ރެކޯޑެއް މިރާލް ޢައިން ލަތީފް އައުކުރިއިރު، އޭނާގެ އިންޑިވިޖުއަލް ރެކޯޑުތަކުގެ އަދަދު 11 އަށް އަރައިފިއެވެ. 

އިންޑިވިޖުއަލް ރެކޯޑުތަކުގެ އިތުރުން، ޤައުމީ ރެކޯޑު ހަދާފައިވާ ތިން ރިލޭ ޓީމެއްގައި ވެސް މިރާލް ހިމެނެއެވެ.

އިނގިރޭސިވިލާތުގައި މިރާލް އައުކޮށްފައި ވަނީ އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓާއި، އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ.

މީގެތެރެއިން އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު މިރާލް އައުކުރީ، 05:40.64 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު އެންމެ ފަހުން ވެސް އައުކޮށްފައި ވަނީ އޭނާއެވެ. އެއީ މި އަހަރުގެ މެދުތެރޭގައި ބޭއްވި އޭޕީ ރޭސް ޕްލިމަތު ސަމަރ އޯޕަން 2025ގައި ވާދަކޮށް، 05:43.81 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް މިރާލް އައުކުރީ 01:13.63 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ އައިޝަތު ސައުސަންއެވެ. އެއީ 2021 ވަނަ އަހަރު ބޭއްވި 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ)ގައި 01:14.03 އިން ރޭސް ފުރިހަމަކޮށްގެން އޭނާ ހެދި ރެކޯޑެކެވެ.

ފެތުމުން މިރާލް ހަދާފައިވާ އިންޑިވިޖުއަލް ރެކޯޑުތައް:

  1. އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  2. އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  3. އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  4. އަންހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  5. އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  6. އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  7. އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު
  8. އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  9. އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  10. އަންހެނުންގެ ޝޯޓް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު
  11. އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު

ފެތުމުން މިރާލް ހަދާފައިވާ ޓީމް ރެކޯޑުތައް:

  1. އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު
  2. އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު
  3. އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު

Ads by MSS

މި ލިޔުން ކިޔާލުމުން