ޚަބަރު
ރަސްފަންނު ތަރައްޤީގެ މަޝްރޫޢު: ފެން ހިންދާ ނިޡާމުގެ މަސައްކަތް ނިންމާލައިފި!
ރަސްފަންނު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ފެން ހިންދާ ނިޡާމުގެ މަސައްކަތް ނިންމާލުން.
ފަރުދުން
27 އޮކްޓޯބަރު 2025، 03:00
27 އޮކްޓޯބަރު 2025، 03:00
މާލޭގެ ރަސްފަންނު ސަރަޙައްދު ތަރައްޤީ ކުރުމަށް ކުރިއަށް ދާ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގެ ފެން ހިންދާ ނިޡާމުގެ މަސައްކަތް ފުރިހަމަކަމާ އެކު ނިމިއްޖެ ކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން އަދު ބުނެފިއެވެ.
ރަސްފަންނު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި، ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލު ކުރުމާއި، ބޭރު ތޮއްޓަށް ބަދަލު ގެނެސް މޫދަށް އެރޭ ސަރަޙައްދުގެ ފެން ދައުރުވުން ރަނގަޅުކުރުމާއި، އެ ސަރަޙައްދުގެ ފެން ހިންދާ ނިޡާމު ރަނގަޅު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތަކުގެ ތެރޭން، ފެން ހިންދާ ނިޡާމުގެ މަސައްކަތް މިހާރު މި ވަނީ ފުރިހަމަ ކޮށްފައެވެ.
ރަސްފަންނު ތަރައްޤީގެ މަޝްރޫޢުގެ ދަށުން، އެހެނިހެން މަސައްކަތްތައް ވެސް ކުރިއަށް ދާ ކަމަށް އެމް.ޓީ.ސީ.ސީ.އިން ހާމަކުރެއެވެ.
ރަސްފަންނުގެ ތަރައްޤީގެ އިތުރުން، އެ ސަރަޙައްދަށް ދާ ޢާންމުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލު ކޮށްފައިވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ.)އާ އެވެ. މި ވަސީލަތްތަކުގެ ތެރޭގައި، ފާޚާނާބަރިއަކާއި، ފެން މާގަނޑުތަކުގެ އިތުރުން ލޮކަރުތަކެއް ވެސް ހިމެނެއެވެ. މި ކަމަށް ބޭނުންވާ ބިން މިހާރު ވަނީ އެމް.ޑަބްލިޔު.އެސް.ސީ.އާ ޙަވާލުކުރެވިފައެވެ.
ރަސްފަންނަކީ މާލެ ސަރަޙައްދުގައި ދިރި އުޅޭ ކުދި ބޮޑު ގިނަ ބަޔަކު ހިތްފަސޭހަ ކޮށްލާން ޒިޔާރަތް ކުރާ ސަރަޙައްދަކަށް ވުމާ އެކު، ރަސްފަންނު ތަރައްޤީ ކުރުމާއި، އެ ތަނުގައި ވަސީލަތްތައް ޤާއިމު ކުރުމަކީ މި ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ރަނގަޅުވެ، މާޙައުލުގެ ބޭނުން އިތުރަށް ފުރިހަމަ ވެގެން ދާނޭ ކަމެކެވެ.
ރަސްފަންނަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރު، އެ ވުޒާރާގެ ދަށުން، 2016 ވަނަ އަހަރު ތަރައްޤީ ކޮށް، ހުޅުވާފައިވާ ސަރަޙައްދެކެވެ.
Project Update: Repair and Modifications Works at Male' Rasfannu Swimming Area
— MTCC Plc (@MTCCPlc) October 26, 2025
Drainage works have been completed.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/ONYbaRJBfw