ކޮލަމް

އަބަދު ނިދިޖެހިފައި ހުރުމަކީ އާދައިގެ ކަމެއް ނޫން!

އަބަދު ނިދިޖެހިފައި ހުރުމަކީ އާދައިގެ ކަމެއް ނޫން!

ނިދިޖެހިފައިއިން މީހެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޮކްޓޯބަރު 2025، 07:14

28 އޮކްޓޯބަރު 2025، 07:14

މުޅި ރޭ ނިދި ހަމަކުރިޔަސް ދުވާލު ގިނައިން ނިދިޖެހިފައި އިނދެވޭތޯ؟ ނުވަތަ ދުވާލުގެ ވަގުތު ތަކުގައި ގިނަގިނައިން ނިދާހިތްވެ، ވަރުބަލިކަން އިހުސާސް ކުރެވެނީތޯ؟ އެހެންނަމަ، އެއީ 'އައިޑިއޯޕެތިކް ހައިޕަރސޮމްނިއާ' (IH) ގެ ނަމުން މަޝްހޫރު މަދުން ފެންނަ ނިދީގެ ބައްޔެއްގެ އަލާމާތަކަށް ވެދާނެއެވެ.

މި ބަލި ހުންނަ މީހުންނަށް އާދަޔާ ޚިލާފަށް ގިނަ ވަގުތު ނިދި ބޭނުންވެއެވެ. ގިނަ ވަގުތު ނިދިޔަސް، އެމީހުންނަށް  ވަރުބަލިކަން އިހުސާސްވުމާއި، ބޯ ހާސްވެ، ފުރިހަމައަށް ތާޒާކަމެއް ނުލިބޭ އިޚްސާސްކުރެވެއެވެ. މި ސަބަބަށްޓަކައި އެފަދަމީހުންގެ ދިރިއުޅުމުގެ އާދައިގެ ކަންކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

ބްރިޓިޝް ޗެރިޓީއެއް ކަމަށްވާ 'ހައިޕަރ-ސޮމްނޮލެންސް ޔޫކޭ' އިން ހާމަކުރާ ގޮތުގައި، ޔޫކޭގައި 25,000 މީހުންގެ ތެރެއިން އެކަކަށްވުރެ މަދު އަދަދެއްގެ ބަޔަކަށް މި ބަލި ޖެހިފައިވެއެވެ. ނަމަވެސް، ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، ގިނަ ބަޔަކަށް މި ބަލި ރަނގަޅަށް ދެނެގަނެވިފައި ނުވާތީ، މި ބަލި ޖެހިފައިވާ މީހުންގެ އަސްލު އަދަދު މަތިވުން އެކަށީގެންވެއެވެ. ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި، 'އައިޑިއޯޕެތިކް ހައިޕަރސޮމްނިއާ' އަކީ ކުރިން ހީކުރެވުނު ވަރަށްވުރެ އާންމު ބައްޔެއް ކަމަށްވުން އެކަށީގެންވެއެވެ. ބައެއްފަހަރު، އެއީ އެޕިލެޕްސީ ނުވަތަ ބައިޕޯލާ ޑިސްއޯޑަރ ފަދަ ބަލިތަކާ އެއްވަރަށް އާންމު ބައްޔަކަށް ވެސް ވެދާނެއެވެ.

މި ބަލީގެ ސީދާ ސަބަބު  ނޭނގި އޮތް ނަމަވެސް، ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އެއީ ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލައަކާ ގުޅިފައިވާ ކަމެއް ކަމަށްވުން އެކަށީގެންވެއެވެ. ނިދި ކޮންޓްރޯލް ކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ސިކުނޑީގެ ބައިތަކަށް ދިމާވާ ކަމަކުން މި ބަލި ޖެހެނީ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ. ހިތާމައަކީ، 'އައިޑިއޯޕެތިކް ހައިޕަރސޮމްނިއާ' އަށް ފަރުވާއެއް އަދި ހޯދިފައި ނެތުމެވެ. އެހެންނަމަވެސް، ބަލީގެ އަލާމާތްތައް ކުޑަކުރުމަށް ބޭހުގެ އެހީގައި ފަރުވާ ދެވޭނެ ގޮތްތައް ހުރެއެވެ.

އަބަދު ނިދިޖެހިފައި ހުރުމަކީ އާދައިގެ ކަމެއް ނޫންކަން ދަނެގަނެ، މިފަދަ އަލާމާތްތައް ފެންނަނަމަ، ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން