ވިޔަފާރި / ޚަބަރު
ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ކާޑު ތައާރަފްކޮށްފި, ދުވާލަކު 5000 ޑޮލަރު ބޭނުންކުރެވޭނެ!
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކާޑު ރަސްމީކޮށް އިފްތިތާހްކޮށްދެއްވުން ފޮޓޯ: ޕީއެސްއެމްނިއުސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އައު ވިސާ ޕްލެޓިނަމް ކާޑެއް ތައާރަފްކޮށްފިއެވެ. މި ކާޑަކީ ރާއްޖޭގައި ދުވާލަކު 3200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑެކެވެ. މިއީ މާލީ މުޢާމަލާތްތައް ފަސޭހަކޮށް، ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް އިތުރުކުރުމަށް ބީއެމްއެލް އިން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
މި ކާޑު ތައާރަފްކޮށްފައިވަނީ "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ވަޒީރު ސަޢީދު ވަނީ ބީއެމްއެލްގެ މި ކާޑު ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފައެވެ.
ބީއެމްއެލް އިން ވިދާޅުވި ގޮތުގައި، ވިސާ ޕްލެޓިނަމް ކާޑުގެ ސަބަބުން މިހާރު ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ އަދަދަށްވުރެ ދެ ގުނަ ބޮޑު އަދަދެއް ނެގޭނެއެވެ. މިގޮތުން، ރާއްޖޭގައި ހުރި ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު 3200 ޑޮލަރު ނެގޭނެއިރު، ރާއްޖެއިން ބޭރުގައި ޑޮލަރު އެކައުންޓުން ދުވާލަކު 5000 ޑޮލަރު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، މި ކާޑު ބޭނުންކުރާ ފަރާތްތަކަށް ވިސާގެ ބައިނަލްއަގުވާމީ ޚާއްސަ އޮފަރތަކާއި، 24 ގަޑިއިރު ލިބޭ ވިސާ ޕްލެޓިނަމް ކޮންސިއާފް ޚިދުމަތްވެސް ލިބިގެންދާނެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި، ވިސާ ޕްލެޓިނަމް ކާޑަށް މިހާރުވެސް އިންޓަރނެޓް ބޭންކިންގ ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކާޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، އެންމެ ފަސޭހައިން މާލީ ހިދުމަތްތައް ހޯދޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ކާޑެކެވެ.