Ads by Stelco

ޚަބަރު

ގުޅިފަޅު ގޯތިތަކުގެ އައު ރަޖިސްޓަރީ އާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން މިނިސްޓްރީން ދީފި!

ގުޅިފަޅު ގޯތިތަކުގެ އައު ރަޖިސްޓަރީ އާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން މިނިސްޓްރީން ދީފި!

ގުޅީފަޅުން ގޯތި ހަވާލުކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޮކްޓޯބަރު 2025، 12:44

29 އޮކްޓޯބަރު 2025، 12:44

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް، އައު ރަޖިސްޓަރީ އާއި އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިން، ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ފަހު ފުރުސަތެއް ދީފިއެވެ. މި ފުރުސަތު ލިބިފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، ގޯތި ލިބިފައިވާ މީހުންނަށް އައު ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އެެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވެފައި ނުވާ ފަރާތްތަކަށް އެއާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓްރީން ވަނީ މިއީ މި ކަމަށް ދެވޭ އެންމެ ފަހު ފުރުސަތު ކަމަށް ހާމަކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ މުއްދަތުގައި ހިޔާވަހި ޕޯޓަލުން އެޕޮއިންޓްމަންޓަށް އެދިފައި ނުވާ މީހުންނަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ދެން ނުދެވޭނެއެވެ.

އެޕޮއިންޓްމަންޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔުންތައް:

  • އައު ބަންޑާރަ ގޯތި ދޫކުރުމުގެ އެެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ އެއް ފަރާތުގެ އައިޑީކާޑު ކޮޕީ.
  • ގޯތި ލިބޭ މީހާގެ ބަދަލުގައި އެހެން މީހަކު އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާ ނަމަ، ޕޯޓަލްގެ ޕަވާ އޮފް އެޓާނީގެ ނަމޫނާއާ އެއްގޮތަށް ޝަރުއީ ކޯޓެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ
  • ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވާ އޮފް އެޓާނީ އާއި އެޓާނީގެ އައިޑީކާޑު ކޮޕީ.
  • ގޯތި ލިބޭ މީހާ ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ.
  • ގޯތި ލިބޭ މީހާ ކުރިން ދޫކޮފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ މީހުންގެ އެޕޮއިންޓްމަންޓް ވެސް ކެންސަލްވާނެ ކަމަށެވެ.

ގުޅިފަޅުން ގޯތި ލިބުނު ބައެއް މީހުން މިދިޔަ އޮގަސްޓް މަހު އައު ރަޖިސްޓަރީއަށް ހުޅުވާލި ހިސާބުން ފެށިގެން، ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އައު އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދަމުންނެވެ. އެ މީހުން ބުނާ ގޮތުގައި، އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރައެވެ.

މި މައްސަލަ ބޮޑުވެ މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ވަނީ، ކުރީގެ ސަރުކާރުން އެ މީހުންނާ އެކު، ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް އެބަ ހުރި ކަމަށާއި، އައު އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކާ ކަމަށެވެ. ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން