ވިޔަފާރި / ޚަބަރު

ވީއައިއޭގެ އައު ޓާމިނަލުން 'އެއާ އަސްޓަނާ' އަދި 'އަޒަރުބައިޖާން އެއާލައިންސް' އަށް ޚިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލުން 'އެއާ އަސްޓަނާ' އަދި 'އަޒަރުބައިޖާން އެއާލައިންސް' އަށް ޚިދުމަތް ދޭން ފަށައިފި

ޚިދުމަތް ދޭން ފެށުން/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޮކްޓޯބަރު 2025، 05:09

29 އޮކްޓޯބަރު 2025، 05:09

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޓާމިނަލުން 'އެއާ އަސްޓަނާ' އަދި 'އަޒަރުބައިޖާން އެއާލައިންސް' އަށް ޚިދުމަތް ދޭން ފަށައިފި  އެވެ.

ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން މި ދެ އެއާލައިނަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އެއާ އަސްޓަނާ އަދި އަޒަރުބައިޖާން އެއާލައިންސްގެ އެއާޕޯޓް މެނޭޖަރުންނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި ރަސްމިއްޔާތުގައި، މި ދެ އެއާލައިނުގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުތަކުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި މި ދެ އެއަރލައިނުގެ މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.

އެއާ އަސްޓަނާއަކީ ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 15 ވަނަ އެއާލައިނެވެ. އަދި އަޒަރުބައިޖާން އެއާލައިންސް އަށް އެ ޓާމިނަލުން ޚިދުމަތް ދޭން ފެށުމާއެކު އައު ޓާމިނަލުން ޚިދުމަތް ދޭން ފެށި އެއާލައިންގެ ޢަދަދު މިހާރު 16 އަށް އަރާފައިވާކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން