ކުޅިވަރު / ޚަބަރު

ގްރީން ސްޓްރީޓްސްގެ ޗެއަރއަކަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އިންތިޚާބުކޮށްފި

ގްރީން ސްޓްރީޓްސްގެ ޗެއަރއަކަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އިންތިޚާބުކޮށްފި

ކްނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު.

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2025، 05:09

29 އޮކްޓޯބަރު 2025، 05:09

ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސްގެ ޗެއާރޕާސަންގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، މުޙައްމަދު ޢަފޫ ޙާމިދު އިންތިޚާބުކޮށްފިއެވެ.

ޗެއާރޕާސަންގެ އިތުރުން، މިދިޔަ އާދީއްތަ ދުވަހު އެ ކްލަބުގެ ހިންގާ ކޮމެޓީގެ އިތުރު ދެ މަޤާމެއް ވަނީ އިންތިހާބުކޮށްފައެވެ. އެއީ އެ ކުލަބުގެ ސީނިއަރ ވައިސް ޗެއަރޕާސަންގެ މަޤާމަށާއި  ވައިސް ޗެއަރޕާސަންގެ މަޤާމަށެވެ.

އެގޮތުން ސީނިއަރ ވައިސް ޗެއަރޕާސަންގެ މަޤާމަށް އިންތިހާބުކޮށްފައި ވަނީ މުޙައްމަދު ޝިފާޒެވެ. އަދި ވައިސް ޗެއަރޕާސަންގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މުޢާވިޔަތު ޚަލީލެވެ. ދެން އެ ކުލަބުގެ ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ 14 ފެބުރުއަރީގައި 2025 ގައި އިންތިޚާބުކޮށްފައިވާ މެންބަރުންނެވެ.

އަލަށް އިންތިހާބުވި ފަރާތްތަކާއެކު ގްރީން ސްޓްރީޓްސްގެ ހިންގާ ކޮމެޓީ:

ޗެއާރޕާސަން: މުޙައްމަދު ޢަފޫ ޙާމިދު

ސީނިއަރ ވައިސް ޗެއަރޕާސަން: މުޙައްމަދު ޝިފާޒް

ވައިސް ޗެއަރޕާސަން: މުޢާވިޔަތު ޚަލީލް

ވައިސް ޗެއާރޕާސަން: އިބްރާޙިމް ޢަބްދުالله

އިދާރީ ސެކްރެޓަރީ: އިބްރާޙިމް ޢާޒިމް

އިދާރީ ސެކްރެޓަރީގެ ނައިބު: މުޙައްމަދު ޔާމީން އަޙުމަދު

ޚަޒާންދާރު: ޔޫސުފް ލަޠީފް

ޚަޒާންދާރުގެ ނައިބު: އަޙުމަދު އިޙްތިސާމް

މީޑިއާ ކޯޑިނޭޓަރ: ޙުސެއިން ފައުޒާން

ލީގުގެ މިހާތަނަށް އައިއިރު ގްރީން ސްޓްރީޓްސްއަށް 5 މެޗުން ލިބިފައި ވަނީ 3 ޕޮއިންޓެވެ. އަދި ބައިކޮޅަށް ވަދެފައިވާ ގޯލުތަކާއެކު، އެ ޓީމު އޮތީ އެންމެ ފުލުގައެވެ. އެންމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމު ބަލިވެފައި ވަނީ 9-0އިންނެވެ.

ދެން އެންމެ އަވަހަށް އެ ކުލަބުން ނިކުންނާނީ ހުކުރު ދުވަހު އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން