Ads by Ministry of Arts, Culture and Heritage

ޚަބަރު

2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒަށް ތާއީދުކުރަން ޢަދާލަތު ޕާޓީން ނިންމައިފި

2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒަށް ތާއީދުކުރަން ޢަދާލަތު ޕާޓީން ނިންމައިފި

އަދާލަތު ޕާޓީގެ ލީޑާޝިޕް - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

14 ނޮވެމްބަރު 2026، 11:55

14 ނޮވެމްބަރު 2026، 11:55

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކޯލިޝަން ހަދައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ޢަދާލަތު ޕާޓީން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ މައި އޮފީހުން މިއަދު ނެރުނު ޤަރާރެއްގައެވެ.

ޢަދާލަތު ޕާޓީން ބަޔާންކޮށްފައިވާ ގޮތުގައި، ޕާޓީގެ މަޝްވަރާ މަޖިލީހުން މިގޮތަށް ނިންމީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެ ޕާޓީއަށް ރަސްމީކޮށް އެރުވި ދަޢުވަތަކާ ގުޅިގެންނެވެ. އެ ދަޢުވަތުގައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރުމުގެ އިތުރުން އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސިޔާސީ އެއްބާރުލުން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމީ ޢަޤީދާގެ މަތީގައި ޤައުމު ތަރައްޤީކުރުމަކީ ޢަދާލަތު ޕާޓީގެ އަސާސީ މަޤްޞަދު ކަމަށްވާތީ، ޤައުމުގެ ސިޔާސީ ހަމަޖެހުމާއި އެއްބައިވަންތަކަމަށްޓަކައި މި ވަގުތު ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް އެ ޕާޓީން ދެކެއެވެ.

ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގެ ދަށުން ފާސްކުރި މި ޤަރާރުގައި ހިމެނޭ މައިގަނޑު ނިންމުންތަކަކީ:

  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން.
  • 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ރައީސް މުޢިއްޒަށް ތާއީދުކޮށް، ކޯލިޝަން މެންބަރެއްގެ ގޮތުގައި ފުރިހަމައަށް މަސައްކަތްކުރުން.
  • ޢަދާލަތު ޕާޓީގެ މެންބަރުންގެ ޙައްޤުތަކާއި ޕާޓީގެ މަޞްލަޙަތުތައް ހިމާޔަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްފަހު، ޕީއެންސީއާއެކު ރަސްމީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ އިޚްތިޔާރާއި ބާރު ޢަދާލަތު ޕާޓީގެ ރައީސަށް އެރުވުން.

މި ނިންމުމާ ގުޅިގެން، ދެ ޕާޓީގެ ދެމެދުގައި ވެވޭ ކޯލިޝަން އެއްބަސްވުމުގެ ޝަރުޠުތައް އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450