ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް ސައްތާރު އިންތިޚާބުކޮށްފި
ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު/ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު އިންތިޚާބުކޮށްފިއެވެ.
ޖުޑިޝަރީ ކޮމެޓީގެ މުގައްރިރުކަމަށް އަބްދުއްސައްތާރު މުހައްމަދު އިންތިޚާބުކޮށްފައި ވަނީ، މަނަދޫ ދާއިރާގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ) ގެ މެންބަރު ހުސްނީ މުބާރިކް މިއަދު އެ ކޮމެޓީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ހުސްނީ މުބާރިކް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އިސްތިއުފާ ދެއްވީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް ހޮޅުދޫ ދާއިރާގެ މެމްބަރު ސައްތާރު އިންތިޚާބުކޮށްފައި ވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ. އަދި މި މަޤާމަށް މެމްބަރު ސައްތާރު ހޮވިވަޑައިގެންފައިވަނީ ކޮމިޓީގައި ވޯޓު ދެއްވި މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. މީގެ ކުރިން އޭނާ ހުންނެވީ އެ ކޮމެޓީގެ ނައިބު މުގައްރިރުގެ މަޤާމުގައެވެ. ހަމަ މިއާއެކު، މިއަދުގެ ބައްދަލުވުމުގައި ވަނީ ކޮމެޓީގެ ނައިބު މުގައްރިރަކަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އިންތިޚާބުކޮށްފައެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ހިމެނޭ ގޮތަށް ޝަރުޢީ ދާއިރާގެ އެންމެހާ މަސައްކަތްތައް ބަލައި ޖަވާބުދާރީ ކުރުވުމުގައި ޙަރަކާތްތެރިވާ ކޮމެޓީއެކެވެ.