Ads by Farudhun

ޚަބަރު

ވެލިދޫ ފަޅުތެރޭގައި އުޅުނު މުށިމަސްތައް ވާނުވާ ނޭންގި މަރުވެއްޖެ

ވެލިދޫ ފަޅުތެރޭގައި އުޅުނު މުށިމަސްތައް ވާނުވާ ނޭންގި މަރުވެއްޖެ

ވެލިދޫ ފަޅުތެރޭގައި މަރުވެފައިވާ މުށިމަސްތަކެއް / ފޮޓޯ: ފަރުދުން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޮކްޓޯބަރު 2026، 03:05

31 އޮކްޓޯބަރު 2026، 03:05

ނ. ވެލިދޫ ފަޅުތެރޭގައި އުޅުނު އެތައް ހާސް މުށިމަހެއް ވާނުވާ ނޭނގި މަރުވެ، ފަޅުތެރޭގައި ދައުރުވާން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުށިމަސްތައް ފަޅުތެރެއަށް ތިލަވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އޭރު މަސްތައް ދިރެއެވެ. އެގޮތުން އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ މަސައްތައް ފެނު މައްޗަށް އަރައިގެން އުޅުމުން، ރޭގެ ވަގުތުގައި ރަށުގެ ގިނަ އަދަދެއްގެ މީހުން ވަނީ ފަޅުތެރެއިން މަސް ނަގައިގެން ގެއަށް ގެންގޮސްފައެވެ. އަދި ބައެއް ގޭގޭގައި އެ މަސް އެކި ގޮތްގޮތަށް ބޭނުންކޮށް، ބައެއް ގޭގޭގައި ރިހާކުރު ވެސް ކައްކާފައިވާ ކަމަށް ރަށު ތެރެއިން ވާހަކަ ދެއްކި ބައެއް މީހުން "ފަރުދުން" މީޑިއާއަށް ވަނީ މަޢުލޫމާތު ދީފައެވެ.

އެހެން ނަމަވެސް، މިއަދު ހެނދުނު ވީއިރު ފަޅުތެރޭގައި ބާކީ ހުރި ހުރިހާ މަހެއްހެން އޮތީ މަރުވެ، ފެންމައްޗަށް އަރައި ފަޅުތެރެއަށް ފެތުރިފައެވެ. މުށިމަހުގެ އިތުރުން ފަޅުތެރޭގައި އުޅުނު އެހެން ބާވަތްތަކުގެ ކުދި މަސްތައް ވެސް މަރުވެގެން މައްޗަށް އަރާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިގޮތަށް ކުއްލިއަކަށް ގިނަ އަދަދެއްގެ މަސް މަރުވާން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ރަށު ތެރޭގައި ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެގޮތުން ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަސްތައް މަރުވީ، ވެލިދޫ ފަޅުތެރޭގައި އަޅާފައި އޮތް އެހެން ރަށެއްގެ ދޯންޏަކުން ހުއިފިލަނޑާ ކެއްކުމަށްފަހު، އޭގެ ވިހަ ފެންތައް ފަޅުތެރެއަށް އަޅާލުމުގެ ސަބަބުންނެވެ. ނަމަވެސް، މި ވާހަކަ އަނެއްބައި މީހުން ދޮގުކުރެއެވެ.

މީގެ އިތުރުން، މިއީ މޫސުމީ ބަދަލަކާ ގުޅިގެން ހިނގި ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އެގޮތުން، ދިޔަވަރު ހިކިއިރު، ފަޅުތެރޭގައި ފެން ދައުރުވާ މިންވަރު މަދުވުމުގެ ސަބަބުން، މަސްތަކަށް ބޭނުންވާ އޮކްސިޖަން ނުލިބިގެން މަސްތައް މަރުވީ ކަމަށް ވެސް ލަފާކުރެވެއެވެ.

ފަޅުތެރޭގައި ގިނަ އަދަދެއްގެ މަސް މަރުވެ ކުނިވާން ފެށުމާ ގުޅިގެން، ރަށުގެ ތިމާވެއްޓަށާއި އާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ވެލިދޫ ކައުންސިލުން އިސްނަގައިގެން މަރުވެފައިވާ މަސްތައް ފަޅުތެރެއިން ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450