Ads by Farudhun

ޚަބަރު

އޭޖީ އޮފީހުގެ އައު އިމާރާތުގެ މަޝްރޫއު: ފާރު ރޭނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އޭޖީ އޮފީހުގެ އައު އިމާރާތުގެ މަޝްރޫއު: ފާރު ރޭނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އޭޖީ އޮފީހުގެ އައު އިމާރާތުގެ މަޝްރޫއު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޮކްޓޯބަރު 2026، 10:28

31 އޮކްޓޯބަރު 2026، 10:28

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 6 ބުރީގެ އައު އިމާރާތް ފަރުމާކުރުމާއި އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން، ރާނާ ފާރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރާނާ ފާރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވި ނަމަވެސް، އިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.



ޖުމުލަ 138.67 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބިނާކުރާ މި އިމާރާތަކީ 17,426.40 އަކަފޫޓުގެ ބިމެއްގައި، ޖުމުލަ 77,718.10 އަކަފޫޓުގެ ޖާގަ ހިމެނޭ ގޮތަށް ތަރައްގީކުރާ ތަނެކެވެ. މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެއެވެ.

ހަ ބުރިއަށް އިމާރާތްކުރާ މި އޮފީސް އިމާރާތަކީ މުވައްޒަފުން މަސައްކަތް ކުރުމަށް އެކަށީގެންވާ ޒަމާނީ މާހައުލަކާއެކު ފަރުމާކުރެވިފައިވާ ތަނެކެވެ. މީގެ އިތުރުން މުވައްޒަފުންގެ ދަރިންނަށް ޚާއްސަ ޑޭކެއަރ ސެންޓަރަކާއި، ވެހިކަލް ޕާކުކުރާނެ ޖާގައާއި، ލައިބްރަރީއެއް އަދި ތަމްރީނުތަކާއި އެކި ހަފުލާތައް ބޭއްވޭ ފަދަ ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މި އިމާރާތުގައި ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450