Ads by Farudhun

ޚަބަރު

ރ. އަތޮޅުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ރ. އަތޮޅުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ސްޓެލްކޯގެ ޚިދުމަތްތައް ރަސްމީކޮށް ފެށުން. ފޮޓޯ: ސްޓެލްކޯ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޮކްޓޯބަރު 2026، 09:58

31 އޮކްޓޯބަރު 2026، 09:58

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އަތޮޅުގެ ރަށްތަކުގައި ދެމުންދާ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރެވެމުންދާ ކަމަށެވެ.

އަދި ކުންފުނީގެ މައިގަނޑު އަމާޒަކީ ރ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ގޮތެއްގައި ޔުޓިލިޓީގެ ޚިދުމަތްތައް ކަށަވަރުކޮށްދިނުން ކަމަށް ވެސް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.



ސަރުކާރު ހިންގުން ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ދިނުމަށް ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެގޮތުން، މި މަސައްކަތުގެ ދަށުން ސްޓެލްކޯއިން ދަނީ، ފެނަކައިގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާއި ރަސްމީކޮށް ހަވާލުވަމުންނެވެ. އެކުންފުނިން މިހާރު ވަނީ، ރާއްޖޭގެ އުތުރުން ހއ.އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވެފައެވެ. އަދި ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީގެ ކަރަންޓު ޚިދުމަތާއި ވެސް އެކުންފުނިން ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450