Ads by Stelco

ޚަބަރު

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ތުރުކީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޮކްޓޯބަރު 2025، 08:10

29 އޮކްޓޯބަރު 2025، 08:10

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ތުރުކީގެ ސަރުކާރަށާއި ރައްޔިތުންނަށް، އެޤައުމުގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ތުރުކީ އާ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތަކުގެ އަގު ވަޒަންކުރާ ހިނދު، ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ކުރިއަރައި ބަދަހިވަމުންދާތަން ފެނިވަޑައިގަންނަވާކަން ވަޒީރު  ވަނީ އުފަލާއެކު ފާހަގަކުރައްވާފަ އެވެ. އަދި މި ހެޔޮ ދުވެލި ދެމެހެއްޓުމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތުރުކީގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން