ޚަބަރު
ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫޢޫގެ %36 މަސައްކަތް އެމްޓީސީސީން ނިންމާލައިފި
ބަނދަރު ތަރައްޤީކުރުން/ފޮޓޯ: އެމްޓީސީސީ
ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫޢޫގެ %36 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ކުއޭ ވޯލް ބްލޮކް ހަރުކުރުމުގެ މަސައްކަތާއި މަގުމަތީގެ ޝެޓަރިން އަދި ރެއިންފޯސްމެންޓް މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރުގެ 4،389 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، ބަނދަރަށް އިތުރުކުރާ ބައި ފުން ކުރުމާއި، ބަނދަރަށް ވަންނަ ނެރު ފުން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހަމަ އެއާއެކު، 295 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ ސަރަޙައްދެއްގައި ސްކޯރިން އެޕްރޮން ޖެހުމާއި، 10 މޫރިން ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 16 މަގު ބައްތި ހަރުކުރުމާއި، 1556.61 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫޢަކީ، 42.9 މިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.
Project Update: Design and Build of HDH Kurinbi Harbor Construction
— MTCC Plc (@MTCCPlc) October 29, 2025
Quay wall block installation work and pavement shuttering & reinforcement work is currently ongoing at the site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/BDx34f6u5S