ކުޅިވަރު

އިނގިރޭސި ލީގު ކަޕް: ކޮންޓްރޯލް ގެއްލިފައި އޮތް ދެވަނަ ހާފުގައި ގިޓެންސް ކާމިޔާބުކުރި ގޯލާއެކު ޗެލްސީ ކުއާޓާއަށް

އިނގިރޭސި ލީގު ކަޕް: ކޮންޓްރޯލް ގެއްލިފައި އޮތް ދެވަނަ ހާފުގައި ގިޓެންސް ކާމިޔާބުކުރި ގޯލާއެކު ޗެލްސީ ކުއާޓާއަށް

މި ކާމިޔާބާއެކު ޗެލްސީއިން ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޮކްޓޯބަރު 2025، 09:30

30 އޮކްޓޯބަރު 2025، 09:30

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގައި ވުލްވަރހެމްޕްޓަން ވޮންޑަރސްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކޮންޓްރޯލް ޗެލްސީއަށް ގެއްލިފައި ވަނިކޮށް އެ ޓީމުގެ ޖޭމީ ގިޓެންސް ކާމިޔާބުކުރި ގޯލާއެކު، ކުއާޓާރފައިނަލުން ޖާގަ ލިބިއްޖެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއިން ވަނީ 3 ގޯލުގެ ލީޑަކާއެކު ވަރަށް ބޮޑަށް ހަމަޖެހިލާފައެވެ. މި ގޯލުތައް ކާމިޔާބުކުރީ، އެންޑްރޭ ސަންތޯސް، ޓައިރީކް ޖޯޖް އަދި އެސްޓެވާއޯ ވިލިއަންއެވެ.

މެޗުގެ 15 މިނެޓު ކުޅެވުނުއިރު ވޫލްސް ކޮޅަށް ދެ ގޯލު ވަދެފައިވުމާ ގުޅިގެން، އެ ޓީމުގެ ސަޕޯޓަރުން ވަނީ "ވީ ވޯންޓް ފޮސުން އައުޓް"އޭ ކިޔައި އެ ޓީމުގެ ޗައިނާއަށް ނިސްބަތްވާ އޯނަރު ބޭރުކުރުމަށް ގޮވާލާފައެވެ. ނަމަވެސް 19ވަނަ މިނެޓުގައި ފަހަތަށް ކުޅޭ ތަޖުރިބާކާރު ޑިފެންޑަރު، މެޓް ޑޮހާރޓީ ކުޅެން ނެރުމާއެކު، ޓީމުގެ ކުޅުން ރަގަޅުވިއެވެ. 

އަދި ދެވަނަ ހާފު ހަމަ ފަށާފައި އެ ޓީމުން ގެނައި އިތުރު ދެ ބަދަލަކާއި، ދެވަނަ ހާފުގެ 3 ވަނަ މިނެޓުގައި އެ ޓީމުގެ ޓޮލޫ އަރުކޮޑާރޭ ކާމިޔާބު ކުރި ގޯލާއެކު، ޓީމުގެ ކުޅުން ވަނީ އިތުރަށް ރަނގަޅު ކޮށްފައެވެ. އެއާއެކު އާންމުކޮށް ޗެލްސީގެ ފުރަތަމަ އެގާރައިގައި ކުޅޭ އެންޒޯ ފެނާންޑޭޒް އާއި މާރކް ކުކުރެލާ، ޕެޑްރޯ ނޭޓޯ އަދި މޮއިސަސް ކެއިސޭޑޯ ވަނީ ކުޅެން ނެރެފައެވެ. 

ނަމަވެސް މެޗުގެ 73ވަނަ މިނެޓުގައި ޑެވިޑް މޮލާރ ވުލްފް ކާމިޔާބުކުރި ގޯލަކާއެކު، މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. 

ޗެލްސީއަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ގިޓެންސް ކާމިޔާބުކޮށްދިން ގޯލުންނެވެ.

އެހެންވިޔަސް، ވޫލްވްސްއިން ހިތްވަރާއެކު ކުރަމުން ދިޔަ މަސައްކަތުން މެޗުގެ އިތުރު ވަގުތުގައި ވެސް އެ ޓީމަށް ގޯލެއް ކާމިޔާބު ކުރެވުނެވެ. މި ގޯލު ވެސް ކާމިޔާބުކުރީ ވުލްފްއެވެ.

މުބާރާތުގެ ކުއާޓާގައި ޗެލްސީއާ ޖެހޭނީ ކާރޑިފް ސިޓީއާއެވެ. އެއީ ކުއާޓާއަށް ދަތުރުކުރި ޓީމުތަކުގެ ތެރޭގައި ޕްރިމިއަރ ލީގުގައި މި ސީޒަންގައި ނުކުޅޭ ހަމައެކަނި ޓީމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން