ވިޔަފާރި / ޚަބަރު

އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖެ އިޝްތިހާރު ކުރަން ތައްޔާތުވެއްޖެ

އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖެ އިޝްތިހާރު ކުރަން ތައްޔާތުވެއްޖެ

މިއަހަރުގެ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ ފިތޫރު 2025 ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން

farudhun logo

ފަރުދުން

30 އޮކްޓޯބަރު 2025، 11:20

30 އޮކްޓޯބަރު 2025، 11:20

ލަންޑަނުގައި ބާއްވާ އަހަރުގެ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް، ޑަބްލިއުޓީއެމް-2025ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން  އިން ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކޮންމެ އަހަރަކު ޝާއިއުކޮށް ނެރޭ "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2026" ވެސް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގައިޑުގައި، ރާއްޖޭގައި ފަތުރުވެރިންނަށް ހުރި އެކި ފުރުސަތުތަކުގެ އެންމެ ފަހުގެ އަދާހަމަ، ރާއްޖޭގެ ރަށްރަށާ ބެހޭ މައުލޫމާތު، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު، ޓްރެވަލް ސްޓޯރީތަކުގެ އިތުރުން، އިންޑަސްޓްރީ ކޮންޓެކްޓްތައް ހިމެނޭނެއެވެ. 

މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނާގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 70 ވިޔަފާރިއަކުން، 160 ފަރާތެއް ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެއަރގައި 46 ކޯ-އެގްޒެބިޓަރ ކައުންޓަރާއި، 55 ބީ2ބީ މީޓިން ޓޭބަލްގެ އިތުރުން، އިންޑަސްޓްރީ މީޓިންތަކަށް ޚާއްސަ ތިން އޭރިއާއެއް ޤާއިމުކުރެވިގެން ދާނެ ކަމަށް ވިިޒިޓް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. 

 ނޮވެމްބަރު 4 އިން 6 އަށް ލަންޑަނުގައި ކުރިއަށްދާ މި ފެއަރގައި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގިނަ ފަރާތްތަކަކާ ބައްދަލުވެ، ރާއްޖެއާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން