Ads by Stelco

ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓޯރަލް ވަފްދާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފި

ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓޯރަލް ވަފްދާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ޕީޖީ އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޮކްޓޯބަރު 2025، 01:00

30 އޮކްޓޯބަރު 2025، 01:00

ޕްރޮސެކިއުޓަރ ޖެނެރަލް، ޖަސްޓިސް (ރިޓަޔާރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް، ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދާއެކު ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ވަފްދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްއެވެ. އެމަނިކުފާނަކީ ޗައިނާގެ ވައިސް މިނިސްޓަރ ފެންވަރުގެ ބޭފުޅެކެވެ. ހޮޓެލް ޖެންގެ ބޯލް ރޫމްގައި ކުރިއަށްގެންދިޔަ މި މަޝްވަރާގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ޗައިނާގެ ވަފްދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ދިވެހި ދައުލަތުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން، ދެ ޤައުމުގެ ޕްރޮސިކިއުޝަން އިދާރާތަކުގެ މެދުގައިވެސް ޤާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ވަފްދުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި، ޕީޖީ އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި، އޮފީހުގެ ޢުމްރާނީ ވަޞީލަތްތައް ކުރިއަރުވައި ތަރައްޤީކުރުމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ކޭސް މެނޭޖްމަންޓް ސިސްޓަމަށް އޭއައި އިންޓަގްރޭޓް ކުރުމާއި، ފައިލިންގ ނިޒާމެއް ޤާއިމުކުރުމާއި، ޢިމާރާތުގެ ދަތިކަން ޕީޖީ އޮފީހުގެ ފަރާތުން ޗައިނާގެ ވަފްދާ ވަނީ ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުން ސައިބަރ ކްރައިމް، ފްރޯޑް، މަނީ ލޯންޑްރިންގ ފަދަ މާލީ ތަޙުޤީޤުތައްކުރުމާއި، އެފަދަ ކުށްތައް ޕްރޮސިކިއުޓްކުރުމަށް ޕްރޮސިކިއުޓަރުންނަށް ފަންނީ އެހީތެރިކަމާއި، ޓްރެއިނިންގ ދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޕީޖީ އޮފީހުންގެ ފަރާތުން، ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔާރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް އާއި، ޑެޕިއުޓީ ޕީޖީ އަލްއުސްތާޛް މަޙްމޫދު ސަލީމާއި، އެސިސްޓެންޓް ޕީޖީ އަލްއުސްތާޛާ މަރްޔަމް ފެޒްލީން އާއި،  އެސިސްޓެންޓް ޕީޖީ އަލްއުސްތާޛާ ޝަމްރާ ޝަމީމާއި، ޕަބްލިކް ޕްރޮސިކިއުޓަރ އަދި ޑިރެކްޓަރ އިންޓަރނޭޝަނަލް އެފެއާރޒް އަލްއުސްތާޛާ ނީޝާން ވަޙީދާއި، ޕަބްލިކް ޕްރޮސިކިއުޓަރ އަދި ޑިރެކްޓަރ ޕްރޮސިކިއުޓަރ ޖެނެރަލްސް އެކެޑަމީ އަލްއުސްތާޛް އަޙްމަދު ނައުފަލާއި، ޕަބްލިކް ޕްރޮސިކިއުޓަރ އަދި ޑިރެކްޓަރ މީޑިއާ އެންޑް ކޮމިޔުނިކޭޝަން އަލްއުސްތާޛް އަޙްމަދު ޝަފީޢު އާއި، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް އަޙްމަދު ނައުޝާދު އާއި، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަރްޔަމް ލުއްމަ ޢަބްދުލްޙައްނާން ބައިވެރިވެވަޑައިގަތެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުކަމުން، މިއީ ތާރީޚީ ދަތުރުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން