ވިޔަފާރި / ޚަބަރު

ޑިމާންޑް އިތުރުވުމުގެ ސަބަބުން، އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ޑިމާންޑް އިތުރުވުމުގެ ސަބަބުން، އެއަރ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

އެއަރ އަރަބިއާއިން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުން/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޮކްޓޯބަރު 2025، 01:06

30 އޮކްޓޯބަރު 2025، 01:06

ޑިމާންޑް އިތުރުވުމުގެ ސަބަބުން، އެއަރ އަރަބިއާއިން ރާއްޖެއަށް މިހާރު ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

އެއަރ އަރަބިއާއިން މިހާރު ރާއްޖެއަށް ކުރަނީ ދުވާލަކު އެއް ދަތުރު ނަމަވެސް، އެ އެއަރލައިިނުން މިހާރު ވަނީ ދުވާލަކު 2 ދަތުރު ކުރާގޮތަށް ހަމަޖައްސާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުމަށް ފަހު އެއަރ އަރަބިއާ އަކީ އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި ބޭރުގެ ފުރަތަމަ އެއަރލައިންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، އެ އެއަރލައިންގެ ދަތުރުތައް ވީއައިއޭގެ އައު ޓާމިނަލްއަށް ބަދަލުކޮށްފައިވަނީ، މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. 

އެއަރ އަރަބިއާގެޝެޑިއުލް ދަތުރުތައް މިދިޔަ އޮކްޓޫބަރ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ފަށާފައިވާއިރު، އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ، ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ދެމެދުގައެވެ.

އެއަރ އަރަބިއާއަކީ، ޔޫއޭއީގެ އެއަރލައިނަކަށްވާއިރު، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު އެޤައުމުން ރާއްޖެއަށް 14،897 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ޔޫއޭއީއިން ރާއްޖެ އައިސްފައިވަނީ، 12،279 ފަތުރުވެރިންކަމަށްވުމާއެކު، މިއީ %21.3 އިތުރު ކުރިއެރުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން