Ads by Stelco

ޚަބަރު

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް 'ޒަކާތު ބެނެފެޝިއަރީ ކާޑެއް' ތަޢާރަފް ކުރަނީ

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް 'ޒަކާތު ބެނެފެޝިއަރީ ކާޑެއް' ތަޢާރަފް ކުރަނީ

ޒަކާތު ހައުސްގެ ބައިވެރިން ހަރަކާތްތެރިވަނީ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޮކްޓޯބަރު 2025، 01:17

30 އޮކްޓޯބަރު 2025، 01:17

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް 'ޒަކާތު ބެނެފެޝިއަރީ ކާޑެއް' ތަޢާރަފުކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކާޑުގެ ސަބަބުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި ފަރާތްތަކަށް އެތައް ގޮތަކުން ލުއިފަސޭހަވެގެން ދާނެ ކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ކާޑު ތަޢާރުފް ވުމާއެކު، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. އަދި މިކަންކަމަކީ އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމުގައި ފާހަގަކުރެވޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ކާޑު އުފެއްދުމުގެ މަޤުޞަދަކީ، އީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވަކި އިދާރާއެއްގެ ގޮތުގައި އުފައްދަވާ ޒަކާތު ހައުސްއާއި ހަވާލުކުރައްވާފައިވާ މުހިންމު މަސްއޫލިއްޔަތުކަމުގައިވާ ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން